
ހުޅުމާލޭ ފޭސް 2 ގެ މިސްކިތް ހުންނަ ސަރަހައްދުގައި ޕިކަޕަކާއި ސައިކަލެއް ޖެހި އެކްސިޑެންޓެއް ވެއްޖެއެވެ. ފުލުހުން ހާމަކޮށްފައިވާ ގޮތުގައި މި އެކްސިޑެންޓްގެ ރިޕޯޓު ފުލުހަށް ކޮށްފައި ވަނީ މިއަދު މެންދުރު 12.50 ގައެވެ.
ސައިކަލު ދުއްވަން އިން ފިރިހެންމީހާއަށް މި އެކްސިޑެންޓުގައި ވަނީ އަނިޔާ ވެފައެވެ. އޭނާއަށް މިހާރު ގެންދަނީ ޓްރީޓޮޕް ހޮސްޕިޓަލުގައި ފަރުވާ ދެމުންނެވެ. ސައިކަލު ދުއްވަން އިޮން މީހާއާއިނ ޕިކަޕް ދުއްވަން އިން މީހާއަކީވެސް އެއްގަމު އުޅަނދު ދުއްވުމުގެ ލައިސަންސް ނަގާފައިވާ މީހުން ކަމަށް ފުލުހގުން ބުނެއެވެ.