
މެންޗެސްޓަރް ޔުނައިޓެޑް ކުޅުންތެރިޔާ މޭސަން ގްރީންވުޑްގެ ޖާޒީ އަދި މަރޗެންޑައިސް ޔުނައިޓެޑްގެ ވެބްސައިޓުން ނަގައިއެވެ. އަދި އޭނާގެ ޖާޒީ ކުރިން ގަނެފައިވާ ސަޕޯޓަރުންނަށް ގްރީންވުޑްގެ ނަން ފޮހެލެވޭނެ ގޮތްވެސް ވަނީ ހަދައިދީފައެވެ. ނުވަތަ އެހެން ކުޅުންތެރިއެއްގެ ޖާޒީ ހިލޭ ފޯރުކޮށްދެއެވެ.
މޭސަން ގްރީންވުޑް މިހާރު ވަނީ ކަފާލާތުގެ ދަށުން ދޫކޮށްފައެވެ. ނަމަވެސް އޭނާ ދޫކޮށްލިއަސް އޭނައަށް ކުޅުމުގެ ފުރުސަތެއް އަވަސް މުސްތަގްބަލެއްގައި ނުލިބޭނެއެވެ. މި ހަފްތާ ފެށުނުކޮޅު ގްރީންވުޑް ވަނީ ރޭޕް އަދި ބަޔަކަށް މަރުގެ އިންޒާރުގެ ދިނުމުގެ ތުހުމަތުގައި ހައްޔަރުކޮށްފައެވެ. މިކަމުގެ ސަބަބުން ފުޓްބޯޅައިގެ ސަޕޯޓަރުން އަދި އެހެނިހެން ބެލުންތެރިން އޭނާއާމެދު ނުރުހުނެވެ. ނުރުުހުނު މީހުންގެ ތެރެއިން އެކަކީ އިންގްލެންޑް ކޯޗް ގެރެތު ސައުތުގޭޓްއެވެ. ސައުތުގޭޓް ވަނީ ގްރީންވުޑަށް އިންގްލެންޑް ޓީމަށް ކުޅުމުގެ ދޮރު ބަންދުކޮށްފައެވެ. ޔުނައިޓެޑްގެ މެނޭޖަރ ރެލްފް ރެގްނިކް ބުނެފައިވާ ގޮތުގައި ގްރީންވުޑްގެ ހަލާތު ކޮންމެ ގަތަކަށް އޮތަސް ޓީމުގެ ތަމްރީނުތައް ދަނީ ރަނގަޅަށެވެ.