
އަންނަ މޭ މަހުން ފެށިގެން މުދަރިސުންގެ މުސާރަ ބޮޑު ކުރައްވާނޭ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލިސް ހުޅުވައިދެއްވުމުގެ ގޮތުން ރިޔާސީ ބަޔާން އިއްވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވި ގޮތުގައި މޭ މަހުން ފެށިގެން ގްރެޖުއޭޓް ލެވެލްގެ ސެކަންޑަރީ މުދައްރިސެއްގެ މުސާރަ އިތުރު ގަޑި ނުލައި 12628 ރުފިޔާއިން 19740 ރުފިޔާއަށް ބަދަލު ވާނެއެވެ. މިއީ 56 އިންސައްތައިގެ ކުރިއެރުމެކެވެ.