ހުޅުމާލޭ 2 ވަނަ ފިޔަވަހީގައި އިމާރާތްކުރުމަށް ހަމަޖެހިފައިވާ 4000 ހައުސިންގ ޔުނިޓްގެ އެޑްވާސް ފައިސާ ދައްކައިފި

ފަހި ދިރިއިޅުން ކޯރޕަރޭޝަނާއި އެން.ބީ.ސީ.ސީ (އިންޑިއާ) އާއި ދެމެދު 2000 ހައުސިންގ ޔުނިޓު އިމާރާތްކުރުމަށް ވެފައިވާ އެއްބަސްވުމުގެ ދަށުން ދައްކަންޖެހޭ އެޑްވާންސް ޕޭމަންޓް 15 ޑިސެންބަރު 2021ގައި ދައްކައިފިއެވެ. މިއީ ފަހި ދިރިއުޅުން ކޯރޕަރޭޝަނުން ޖޭ.އެމް.ސީ ޕްރޮޖެކްޓްސް (އިންޑިއާ) ލިމިޓަޑާއެކު 2000 ހައުސިންގ ޔުނިޓު އެޅުމަށް ވެފައިވާ އެއްބަސްވުމުގެ ދަށުން ދައްކަންޖެހޭ އެޑްވާންސް ފައިސާއެވެ. މި ފައިސާ 9 ޑިސެންބަރުގައި 2021 ގައި ވަނީ ދައްކާފައެވެ.

އެފް.ޑީ.ސީ-އެން.ބީ.ސީ.ސީ އަދި އެފް.ޑީ.ސީ-ޖޭ.އެމް.ސީ މަޝްރޫއުގެ ދަށުން ޖުމްލަކޮށް 4000 ހައުސިންގ ޔުނިޓް އިމާރާތްކުރުމަށް ހަމަޖެހިފައިވާއިރު، މިއިން ކޮންމެ މަޝްރޫއުއެއްގައި 900 އަކަފޫޓުގެ 3 ކޮޓަރީގެ 1400 ޔުނިޓް އަދި 650 އަކަފޫޓުގެ 2 ކޮޓަރީގެ 600 ޔުނިޓް ހިމެނޭނެއެވެ. މިކްސްޑް ރެސިޑެންޝަލް ޑިވެލޮޕްމަންޓް މޮޑެލްއަށް ރޭވިފައިވާ މިމަޝްރޫޢުތަކުގެ ގްރައުންޑް ފްލޯރ އަދި ފަސްޓްފޮލޯރގައި ހިމެނޭނީ މިޔުނިޓު ތަކުގައި ދިރިއުޅޭ ފަރާތްތަކަށް ބޭނުންވާ ޚިދުމަތްތައް ފޯރުކޮށްދިނުމަށް ހާއްސަ ކުރެވޭ ރީޓެއިލް އައުޓްލެޓްތަކާއި، ޕާކިންގއެވެ.   މިއިން ކޮންމެ މަޝްރޫއެއްގައި 16 ޓަވަރު އިމާރާތްކުރާއިރު  2 ކޮޓަރީގެ ޔުނިޓްތަކަށް ހާއްސަކުރެވިފައިވާ ޓަވަރުތަކާއި، 3 ކޮޓަރީގެ ޔުނިޓްތަކަށް ހާއްސަކުރެވިފައިވާ ޓަވަރުތައް އިމާރާތްކުރެވިގެންދާނެއެވެ. އަދި މިއިން ކޮންމެ ޓަވަރެއް ޑިޒައިންކުރެވިފައިވަނީ 17 އަދި 18 ފަންގިފިލާ ހިމެނޭގޮތަށް، ކޮންމެ ޓަވަރެއްގައި 3 ލިފްޓް ހިމަނައިގެންނެވެ. އަދި މީހުން ދިރިއުޅޭ ކޮންމެ ފަންގިފިލާއެއްގައި 8 ރެޒިޑެންޝިއަލް ޔުނިޓް ހުންނާނެއެވެ. އެފް.ޑީ.ސީއިން ބުނެފައިވާ ގޮތުގައި މިހާރު ދަނީ މި 2 މަޝްރޫއުގެ އަމަލީ މަސައްކަތް ފެށުމުގެ ތައްޔާރީތައްވަމުންނެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.