އެފްޑީސީން އޯޕަން ޑޭ 2021 ގެ ނަމުގައި މައުލޫމާތު ދިނުމުގެ ހަރަކާތެއް ބާއްވަނީ

ފަހި ދިރިއުޅުން ކޯޕަރޭޝަން އިން ތަރައްގީކުރުމުށް ރޭވިފައިވާ 2000 ހައުސިންގެ ޔުނިޓްގެ 2 މަޝްރޫޢުއަށް ބޭނުންވާ ޓެކްނިކަލް މުވައްޒަފުންނަށް އަމާޒު ކޮށްގެން 25 އޮކްޓޯބަރ 2021 ގައި އޯޕަން ޑޭ އެއް ބާއްވަން ހަމަޖައްސައިފިއެވެ. އޯޕަން ޑޭ ގައި ކޮންސްޓްރަކްޝަން އޮފިސަރުން، ޕްރޮޖެކްޓް އޮފިސަރުން އަދި އެސިސްޓެންޓް ސައިޓް އިންޖިނިއަރުންގެ ވަޒީފާއަށް ޝަޢުޤުވެރިވާ ފަރާތްތަކަށް ވޯކް އިން އިންޓަވިއު ކުރުމުގެ ފުރުސަތު ހުޅުވާލުމާއިއެކު ވަޒީފާތަކާއި ބެހޭ މުހިއްމު މައުލޫމާތު ހިއްސާ ކުރާނެނެއެވެ.

އެފް.ޑީ.ސީ އޯޕްން ޑޭ ޕްރޮގްރާމް ބޭއްވުމަށް ހަމަޖެހިފައިވަނީ 25 އޮކްޓޯބަރ 2021 ވާ ހޯމަ ދުވަހު 10:00އިން 14:00އަށް އެފް.ޑީ.ސީ އޮފީސް ހުންނަ ޕޯސްޓް ބިލްޑިންގގެ 6 ވަނަ ފަންގިފިލާގައެވެ. ރަޖިސްޓްރޭޝަނަކާ ނުލައި ސީ.ވީ.އާއެކު އެފްޑީސީގެ އޮފީހަށް ގޮސް އިންޓަވިއުގައި ބައިވެރިވުމުގެ ފުރުސަތު ވަނީ ހުޅުވާލައިފައެވެ. އަދި މާލޭގައި ނޫޅޭ މީސްމީހުންނަށް 26 އޮކްޓޯބަރ 2021 ވާ އަންގާރަ ދުވަހު 10:00އިން 14:00އާއި ދެމެދު އޮންލައިން އިންޓަވިއު ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.

މި އޯޕެން ޑޭގެ މައިގަނޑު މަގުސަދަކީ ދިވެހިރާއްޖޭގައި އިމާރާތްކުރުމުގެ މަސައްކަތާއި ގުޅޭ ދާއިރާތަކުން ކުރިއަށް ދިއުމަށް ބޭނުންވާ މަސައްކަތުގެ ތަޖުރިބާ ނެތް، އެހެންނަމަވެސް މި ދާއިރާގައި މަސައްކަތްކުރުމަށް ޝައުޤުވެރިކަން ހުރި އޯ ލެވެލް އަދި އޭ ލެވެލް ފުރިހަމަކޮށް މަސައްކަތުގެ މާހައުލަށް ނިކުންނަ ކުދިންނަށާއި، ކޮލެޖް ޔުނިވަރސިޓީތަކުން މި ދާއިރާއިން ގްރެޖުއޭޓް ވެފައިވާ ކުދިންނަށް އެޕް.ޑީ.ސީގައި ހުރި ފުރުސަތުތަކުގެ މައުލޫމާތު ހިއްސާކޮށް، އިމާރާތްކުރުމުގެ ދާއިރާއަށް ޝައުގުވެރިކަން ހުރި ކުދިންނަށް މަސައްކަތަށް ނުކުތުމަށް ފުރުސަތުތައް ތަނަވަސްކޮށްދިނުން ކަމަށް އެ ކުންފުނިން ހާމަކުރެއެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.