އަފްޣާނިސްތާނަށް އެހީވުމަށް ޓްރަސްޓް ފަންޑެއް އުފެއްދުމަށް އޯއައިސީން ނިންމައިފި

އިއްޔެ އިސްލާމްއާބާދުގައި ކުރިއަށް ދިޔަ އޯއައިސީގެ ޚާރިޖީވަޒީރުންގެ ކުއްލި ބައްދަލުވުން

އަފްޣާނިސްތާނުގެ ވެރިކަމާ ޠާލިބާން ޖަމާއަތުން ހަވާލުވުމަށްފަހު އެގައުމަށް ކުރިމަތިވެފައިވާ އިގުތިސާދީ ދަތިތަކުން އަރައިގަތުމަށް އެހީވުމުގެ ގޮތުން އިންސާނީ ޓްރަސްޓް ފަންްޑެއް އުފެއްދުމަށް އޮގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަން (އޯއައިސީ) ގެ މެންބަރު ގަައުމުތަކުގެ ޚާރިޖީ ވަޒީރުން ނިންމަވައިފިއެވެ. އެ ބޭފުޅުުން މިގޮަތަށް ނިންމަވާފައި ވަނީ ޕާކިސްތާނުގެ ވެރިރަށް އިސްލާމްއާބާދުގައި ބޭއްވި ޚާރިޖީ ވަޒީރުންގެ ކުއްލި ބައްދަލުވުމުގައެވެ.

ނޫސްވެރިންނާ ބައްދަލުކުރައްވަމުން ޕާކިސްތާނުގެ ޚާރިޖީ ވަޒީރު ޝާހް މަޙްމޫދު ޤުރައިޝީ ވިދާޅުވި ގޮތުގައި، އެހެން ފަރާތްތަކާ ގުޅިގެން އަފްޣާނިސްތާނަށް އިންސާނީ އެހީ ފޮނުވުމަށް އުފައްދާ މި ފަންޑު ހިނގާނީ އިސްލާމިކް ޑިވެލޮޕްމަންޓް ބޭންކެ ދަށުންނެވެ.

މެންބަރު 57 ގައުމުގެ ޚާރިޖީ ވަޒީރުންގެ ބައްދަލުވުމުގައި ވަނީ ބޭރު ގައުމުތަކުން ހިފަަހައްޓާފައިވާ އަފްޣާނިސްތާނުގެ އެތައް ސަތޭކަ މިލިއަން ޑޮލަރެއްގެ ފައިސާ ދޫކުރެވޭނެ ގޮތެއް ހޯދުމަށް އެކުވެރި ދައުލަތްތަކުގެ ޖަމްއިއްޔާ (އދ.) އާ ގުޅިގެން މަަސަައްކަތްކުރުމަށްވެސް ނިންމާފައެވެ.

ޚާރިޖީ ވަޒީރުން ބައްދަލުވުން ނިންމުމަށްފަހު ނެރުނު ބަޔާނުގައި ބުނެފައިވާ ގޮތުން އަފްޣާނިސްތާނުގެ އިގްތިސާދީ ހާލަތު ގޯސްވެ ފުން ވަޅުގަނޑަކަށް ވެއްޓުުމުން ސަލާމަތްކުރުމަށް ޓަކައި އެގައުމުގެ މާލީ ވަސީލަތްތަކާ ހަމައަށް އެގައުށް ވާސިލުވެވޭނެގޮތް ހެދުން މުހިއްމު ކަމުގައެވެ. އަދި ބޭރުގައި ގަނޑުކޮށްފައިވާ އެގައުމުގެ މަރުކަޒީ ބޭންކުގެ އެސެޓުތައް ލިބޭނެ ގޮތް ހެދުން ވެސް މުހިއްމު ކަމުގައެވެ.

"އިގްތިސާދީ ގޮތުން ގައުމު މުޅިން ސުންނާފަތިވެގެން ދާތަން ނުފެންނަ ކަމައި ހަދައިގެން އަހަރުމެން ތިބެގެން ނުވާނެ." މެންބަރު ގައުމުތަކުގެ އިތުރަށް އެމެރިކާ، ޗައިނާ، ރަޝީޔާ، ޔޫރަޕިއަން ޔުނިއަން އަދި އދ.ން ބައިވެރިވި ބައްދަލުވުުގައި ވާހަކުފުޅުދައްކަވަމުން ޕާކިސްތާނުގެ ޚާރިޖީ ވަޒީރު ޤުރައިޝީ ވިދާޅުވިއެވެ. އޯއައިސީގެ މެންބަރު ގައުމުތަކުން ޠާލިބާންގެ ސަރުކާރު ގަބޫލުނުކުރި ނަމަވެސް، ޠާލީބާން ޖަމާއަތުން ޚާރިޖީ ވަޒީރެއްެގެ މަގާމަށް އައްޔަންކޮށްފައި ހުންނެވި އަމީރް ޚާން މުއްތަޤީ ވެސް މި ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވިއެވެ.

ޠާލިބާން ޖަމާއަތުން ކާބުލް ހިފައި އަފްޣާނިސްތާނުގެ ވެރިކަން އަަތުލި ފަހުން ދުނިޔޭގެ ގައުމުތަކުން ވަނީ އެގައުމަށް ފޮނުވަން ހުރި އެތައް ބިލިއަން ޑޮަަލަރެއެްގެ އިންސާނީ އެހީ މަޑު ޖައްސާލާފައެވެ. އަދި ބޭރުގައި ހުރި އެގައުމުގެ ސެންޓްރަލް ބޭންކުގެ އެސެޓްތައް ދޫނުކޮށް ހިފަހައްޓާފައެވެ.

މުޙައްމަދު ޢަބްދުﷲ
މުޙައްމަދު ޢަބްދުﷲ އަކީ އާފަތިހަށް ލިޔުއްވާތާ އެތައް އަހަރެއް ވެފައިވާ ޢިލްމުވެރި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. ދީނީ ލިޔުމާއި ދުނިޔޭގެ ޚަބަރުތަކަށް އަރައިހުންނެވި ކުޅަދާނަ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.