އޯއައިސީގެ ޚާރިޖީ ވަޒީރުންގެ 17 ވަނަ ކުއްލި ބައްދަލުވުން ޕާކިސްތާނުގައި ބާއްވަން ނިންމައިފި

އަފްޣާނިސްތާނުގެ ހާލަތަށް ބެލުމާއި މައްސަލަޔާ މެދު މަޝްވަރާ ކުރުމަށްޓަކައި އޯގަނައިޒޭޝަން އޮފް އިސްލާމިކް ކޮންފަރެންސް (އޯއައިސީ) ގެ ޚަރިޖީ ވަޒީރުންގެ ކައުންސިލުގެ ކުއްލި ބައްދަލުވުމެއް ޕާކިސްތާނުގެ ވެރި ރަށް އިސްލާމް އާބާދުގައި ބާއްވަން ނިންމައިފިއެވެ. މި ބައްދަލުވުން އޮންނާނީ 19 ޑިސެމްބަރ 2021 ގައެވެ.

އަފްޣާނިސްތާން މިހާރު ވަރަށް ބޮޑު އިންސާނިއްޔަ ކާރިސާއެއްގެ ތެރެއަށް ވެއްޓިފައެވެ. އެ ކާރިސާއިން އަރައިގަތުމަށްޓަކައި މަދަދާއި އެހީތެރިކަމަށް ވަރަށް ބޮޑަށް ބޭނުން ވެފައެވެ. އަންހެނުންނާއި ކުޑަދކުިން ހިމެނޭހެން، އަފްޣާނިސްތާނުގެ އެތައް މިލިއަން ރައްޔިތުން ވަނީ ބޭހާއި ދިރިހުރުމަށްޓަކައި ކޮންމެހެން ބޭނުންވާ އެހެނިހެން ތަކެއްޗަށް ޖެހިފައެވެ. އަލިފުދާލުގެ ކާނާޔާ ބެހޭ ޕްރޮގްރާމް (ޔުނައިޓެޑް ނޭޝަންސް ފުޑް ޕްރޮގްރާމް) އިން ހާމަކޮށްފައިވާ ގޮތުގައި އަފްޣާނިސްތާނުގެ މުޅި އާބާދިގެ ދެބައިކުޅަ އްެއް ބަޔަށްވުިރެވެސް ގިނަ މީހުން (22.8 މިލިއަން މީހުން) ވަނީ ކާނާއާއި ފެނަށް ޖެހި ބަނޑަށް ޖެހޭ ހާލަތުގައެވެ. 3.2 މިލިއަން ކުޑަކުދިންނާއި 700000 މާބަނޑުމީހުންނާއި ގާތުން ކިރުދޭ މައިން ވަނީ އެކަށީގެންވާ ސިއްހީ ކާނާ ނުލިބުމުގެ ސަބަބުން ބަލިމަޑުކަމަށް ހުރަހޮޅިފައެވެ.

އަފްޣާނިސްތާނަށް ދިމާވެފައިވާ ހިތާމަވެރި އަދި ނުރައްކާތެރި ހާލަތަށް ބަލައި އެހީތެރިކަން ފޯރުކޮށް ދެވޭނޭ ގޮތްތަކެއް ހޯދުމަށްޓަކައި އޯއައިސީގެ ޚާރިޖީ ވަޒީރުންގެ ކުއްލި ބައްދަލުވުމެއް ބާއްވަން އިސްނެގީ 29 ނޮވެމްބަރު 2021 ގައި ސަޢޫދީ ޢަރަބިއްޔާއިންނެވެ. ސަޢޫދީ ޢަރަބިއްޔާއަކީ އޯއައިސީ ސަމިޓްގެ ރައީސްކަން ކުރާ ގައުމެވެ. މި ނިންމުމާ ގުޅިގެން ޕާކިސްތާނުން ވަނީ އިސްލާމްއާބާދުގައި ޚާރިޖީ ވަޒީރުންގެ ބައްދަލުވުން ބޭއްވުމުގެ ހުރިހައި ކަމަކާ ހަވާލުވެފައެވެ.

މި ބައްދަލުވުމުގެ މައިގަނޑު ބޭނުމަކީ އަފްޣާނިސްތާނަށް ކުރިމަތި ވެފައިވާ އިންސާނިއްޔަ ކާރިސާގެ ސަބަބުން ދިމާވެފައިވާ ހިތާމަވެރި ހާލަތުން އަރައިގަނެވޭނޭ ގޮތްތަކެއް އެ ގައުމަށް ހޯދަދި ދިނުމެވެ. މިހާރު އޮތް ހާލަތަށް ބަލާނަމަ އިގްތިސާނީ ފުން ވަޅުގަނޑަކަށް އަފްޣާނިސްތާނު ވއްޓުމުގެ ބިރު އެބައޮތެވެ. މިފަދަ ހާލަތަކަށް އެ ގައުމު ހިނގައްޖެނަމަ އެ ވާނީ ހަމައެކަނި އިންސާނިއްޔާ ކާރިސާއަކަށް އެކަންޏެއް ނޫނެވެ. އެކަން ވެގެން ދާނީ ސަލާމަތާއި ރައްކާތެރިކަމަށް ކުރިމަތިވާ ވަރަށް ބޮޑު ނުރައްކަލަކަށްވެސް މެއެވެ. އެ ގައުމުގެ ހަމަޖެހުން ނެތިގެން ގޮސް އެހެން ގައުމުތަކަށް ހިޖުރަ ކުރާ މީހުންގެ އަދަދު ގިނަވެ، އަރައިގަތުން ދަތި މައްސަލަތަކެއްގެ ތެރެއަށް އަވަށްޓެރި ގައުމުތަކާއި އެހެން ގައުމުތައް ވެއްޓުމުގެ ބިރު ވަރަށް ބޮޑަށް އެބައޮތެވެ. އަދި ދުނިޔޭގެ ހަމަޖެހުމަށާއި ސުލްމަސަލަސްކަމަށް ނޭދެވޭ އެތައް އަސަރެއް ކުރާނެއެވެ.

ޕާކިސްތާނުން ފާހަގަކުރާ ގޮތުގައި އޯއައިސީއާއި އިސްލާމީ އުއްމަތް ގުޅިގެން އަފްޣާނިސްތާނުގެ އަޚުންނާއި އުޚުތުންނަށް ކުރިމަތިވެފައިވާ އިންސާނިއްޔަ އަދި އިގްތިސާދީ ކާރިސާއިން އަރައިގަތުމުގައި އެހީތެރިވުމަކީ ވަރަށް މުހިއްމު ކަމެކެވެ. އަދި މި ވަގުތު ބައިނަލްއަގުވާމީ މުޖުތަމައުގެ އެއްބާރުލުމާއި އެހީތެރިކަން އިންތިހާއަށް ބޭނުން ވެފައިވާ އަފްޣާނީ ރައްޔިތުންނަށް އެހީތެރި ވުމަށްޓަކައި ބައިނަލްއަގުވާމީ ޖަމްއިއްޔާ ޖަމާއަތްތަކާއި ގައުމުތަކުން ކުރިއަށް ޖެހިލާނޭ ފަދަ ފިޔަވަޅުތަކެއް އެޅުމުގައި އެހީތެރިވުމަކީ އޯއައިސީއަށް ކުރެވިދާނޭ ކަމެކެވެ.

ޕާކިސްތާނު ސަރުކާރުން ޖާމަކުރާ ގޮތުގައި މި ބައްދަލުވުމުގައި އޯއައިސީގެ މެންބަރު ގައުމުތަކުން ބައިވެރިވުމަކީ އެކަށީގެންވާ ރަނގަޅު ނަތީޖާއެއް ނެރެވިދާނޭ ކަމެއް ކަމަށް ޕާކިސްތާނުން ގަބޫލު ކުރެއެވެ. ޕާކިސްތާނުގެ ޚާރިޖީ ވަޒީރު މަޚްދޫމް ޝާހް މަޙްމޫދު ޤުރައިޝީ ވަނީ ޚާރިޖީ ވަޒީރުންގެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގަތުމުގެ ދައުވަތު ދިވެހިރާއްޖޭގެ ޚާރިޖީ ވަޒީރު ޢަބްދުﷲ ޝާހިދަށް އަރުވައިފައެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.