2022 ވަނަ އަހަރުގެ ބަޖެޓު ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފި

ފޮޓޯ: ރައްޔިތުންގެ މަޖިލިސް

އަންނަ އަހަރަށް ލަފާކުރި ބަޖެޓު ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފިއެވެ. ބަޖެޓުގެ އަދަދަކީ 36.99 ބިލިއަން ރުފިޔާއެވެ.  ބަޖެޓު ފާސްކޮށްފައި ވަނީ 64 މެންބަރުންގެ އަޣުލަބިއްޔަތުންނެވެ. ބަޖެޓު ފާސްކުރަން ފެނިވަޑައި ނުގަންނަވާ ކަމަށް ވޯޓު ދެއްވީ 8 މެންބަރުންނެވެ.

ރައްޔިތުންގެ މަޖިލީހަށް ސަރުކާރުން ހުށަހެޅީ  36.92 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ. ބަޖެޓު ފާސްކޮށްފައި ވަނީ 73 މިލިއަން ރުފިޔާ އިތުރު ކޮށްފައެވެ. އިތުރު ކުރި 73 މިލިއަން ރުފިޔާއަކީ  ޕީއެސްއައިޕީގެ މަޝްރޫއުތަކަށް އިތުރުކުރި 57.4 މިލިއަން ރުފިޔާއާއި ރައްޔިތުންގެ މަޖިލީހާއި ފިނޭންސް މިނިސްޓްރީގެ ޚާއްސަ ބަޖެޓާއި މިނިވަން ހަތް މުއައްސަސާއަކަށް އިތުރުކުރި 16.4 މިލިއަން ރުފިޔާއެވެ.

2022 ވަނަ އަހަރުގެ ބަޖެޓަކީ ޚަރަދުގެ ގޮތުގައި ކަނޑައެޅިފައިވާ 34 ބިލިއަން ރުފިޔާއެވެ. ދަރަނި ދައްކަން ކަނޑައަޅާފައި ވަނީ 2.9 ބިލިއަން ރުފިޔާއެވެ.

2022 ވަނަ އަހަރު އާމްދަނީގެ ގޮތުގައި ލިބޭނެ ކަމަށް ލަފާކޮށްފައި ވަނީ 24.3 ބިލިއަން ރުފިޔާއެވެ. މި އާމްދަނީގެ ތެރެއިން 15.4 ބިލިއަން ރުފިޔާ އަކީ ޓެކުހެވެ. ޓެކްސް ނޫން ގޮތުގައި ލިބޭނޭ ކަމަށް ލަފާ ކޮށްފައި ވަނީ ހަ ބިލިއަން ރުފިޔާ އެވެ. ހިލޭ އެހީ އާއި އެހެނިހެން ގޮތް ގޮތުން ލިބޭނޭ ކަމަށް ލަފާ ކޮށްފައި ވަނީ 2.9 ބިލިއަން ރުފިޔާއެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.