
މާލޭ މައްޗަންގޮޅީ ފަޅުގެއެއްގެ ތެރެއިން މަރުވެ ކުނިވެފައި އޮތް މީހަކު ފެނިއްޖެއެވެ.
ފުލުހުން ހާމަކޮށްފައިވާ ގޮތުގައި އެގޭތެރެއިން ކުނިވަސް ދުވާތީ މިއަދު މެންދުރުފަހު 3.42 ހާއިރު ބަޔަކު ވަނީ ފުލުހުންނަށް ރިޕޯޓު ކޮށްފައެވެ. އެ ރިޕޯޓާ ގުޅިގެން ގޮސް ބެލިބެލުމުން ވަނީ މަރުވެފައި އޮތް ދިވެއްސަކު ފެނިފައެވެ. އެމީހާގެ އުމުރަކީ 37 އަހަރެވެ.
އެއީ ކޮން ރަށަކު ކާކުކަމެއް އަދި ފުލުިހުން ހާމައެއް ނުކުރެއެވެ. ބުނެފައި ވަނީ މިހާރު މައްސަލަ ތަހުގީގު ކުރަމުން ގެންދާ ކަމަށާއި އިތުރު މައުލޫމާތު ސާފުވި ވަރަކުން ހާމަ ކުރަމުން ގެންދާނޭ ކަމުގައެވެ.