
ފުލުހުންގެ ތަހުގީގަށް ބޭނުންވާ ދެ މީހަކު ހޯދަން އިޢުލާނު ކޮށްފިއެވެ.
މި ދެމީހުން ތަހުޤީޤަށް ހޯދަމުންދަނީ 2016 ސެޕްޓެމްބަރު 29 ވަނަ ދުވަހުގެ ވަގުތެއްގައި ހަވީރީހިނގުމުގައި ހުންނަ ވާދީ ޓްރޭޑަރސްގެ ފިހާރައެއް ކަމުގައިވާ "ބޭ ވިއު ސްޓޯރ" ފިހާރައިގެ ބިއްލޫރިގަނޑު ތަޅާލާފައިވާ މައްސަލައާއި ގުޅިގެންނެވެ.
ވީމާ މި ދެމީހުންނާ ބެހޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާނަމަ އެމަޢުލޫމާތެއް ފުލުހުންގެ ހޮޓްލައިން ނަމްބަރު 3322111 އަށް ނުވަތަ ފުލުހުންގެ ޖެނެރަލް އިންވެސްޓިގޭޝަން ޑިޕާޓްމަންޓްގެ ޑިއުޓީ ނަމްބަރު 9631696 އަށް ގުޅައި މައުލޫމާތު ދިނުމަށް ފުލުހުން ވަނީ އިލްތިމާސް ކޮށްފައެވެ.