ފެނަކައިގެ ބިލު ވަގުތުން ލިބޭ ނިޒާމު ތައާރަފުކޮށްފި

ފެނަކައިގެ ޚިދުމަތް ހޯދާ ފަރާތްތަކަށް ވަގުތުން ބިލު ލިބޭނޭ ނިޒާމު އިފްތިތާހުކުރުން ގދ. ފަރެސްމާތޮޑާގައި މިއަދު ހެނދުނު ބާއްވައިފިއެވެ. މި ޚިދުމަތް ތައާރަފުކޮށް ދެއްކީ މިނިސްޓަރ އޮފް ހެލްތު އަޙްމަދު ނަސީމާއި މިނިސްޓަރ އޮފް ހައުސިންގ، ޕްލޭނިންގ އެންޑް އިންފްރާސްޓްރަކްޗަރ މުޙައްމަދު އަސްލަމެވެ.

މިއީ ކަރަންޓު ރީޑިންގ ނަގާ ވަގުތު، ވަގުތުން ބިލު ހަވާލުކުރާ ޚިދުމަތެކެވެ. މާލެއާއި އަތޮޅުތަކުގައި ސްޓެލްކޯއާއި އެމްޑަބްލިޔޫއެސްސީން މި ޚިދުމަތް މިހާރުވެސް ދެއެވެ.

ފެނަކައިންގެ ސޭލްސް އެންޑް ބިލިންގ ގެ ވެރިއަކަށް ހުންނެވި އަޙްމަދު ޢަލީ އާފަތިހަށް މައުލޫމާތު ދެއްވަމުން ވިދާޅުވި ގޮތުގައި މި ހިނގާ ނޮވެމްބަރު މަހުގެ ބިލު ބައެއް އަތޮޅުތަކުގެ ގޭގެޔަށާއި އޮފީސްތަކަށް ވަގުތުން ލިބޭނެއެވެ. ނޮވެމްބަރު މަހުގެ ބިލު ލިބޭނޭ އަތޮޅުތަކަކީ އައްޑު އަތޮޅު، ގއ.، ގދ.، ލ.، ތ.، ދ.، ފ.، މ.، ޅ. މި ނުވަ އަތޮޅެވެ. ބާކީ ހުރި ހުރިހައި އަތޮޅަކަށް ޑިސެމްބަރު މަހުގެ ނިޔަލަށް ވަގުތުން ލިބޭނޭ ގޮތް ފެނަކައިން ހަމަޖައްސާނެއެވެ.

1 ޚިޔާލު

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.