ގްރީންހައުސް ގޭސް ޖައްވުގެ ތެރެއަށް ބޭރުވާ މިންވަރު ކޮންޓުރޯލުކުރުމަށް މިހާރު ގައުމުތަކުން ވައުދުވެފައިވާ މިންވަރާއެކުވެސް މި ގަރުނުގެ ތެރޭގައި ދުނިޔޭގެ ހޫނުމިން 2.7 ޑިގްރީ ސެލްސިއަސް މައްޗަށް ޖެހޭނެ ކަމުގައި ޔުނައިޓެޑް ނޭޝަންސް އެންވައިރަންމެންޓް ޕްރޮގްރާމް (ޔުނެޕް) އިން ބުނެފިއެވެ.
ސްކޮޓްލޭންޑުގެ ގްލާސްގޯގައި ބޭއްްވުށް ހަމަޖެހިފައިވާ ކޮޕް26 ކްލައިމެޓް ސަމިޓް ފަށަން ކައިވެރިވައި ވަނިކޮށް ޔުނެޕުން ނެރުނު މި ރިޕޯޓުގައި، އެ މިންވަރަށް ދުނިޔެ ހޫނުވުން ސިފަކޮށްފައިވަނީ ކާރިސާއެއްގެ ގޮތުގައެވެ. އަދި އެ ރިޕޯޓުގައި ފާހަގަކޮށްފައިވާ ގޮތުގައި ކާބަންއިން ޖައްވު ނުސާފުވާ މިންވަރު ކުޑަކުރުމަށް ގައުމުތަކުން ވެފައިވަނި "އަދިވެސް ނުފުއްެދޭ ބަލިކަށި ވައުދުތަކެކެެވެ."
"ޖައްވަށް ބޭރުކުރާ (ތިމާވެށްޓަށް ގެއްލުންދޭ) ހުރިހާ މާއްދާއެއްގެ %78 އަކީ ޖީ20 ގައުމުތަކުން ބޭރުވާ މާއްދާތައް. އެހެންވީމާ، ދެން ކުރަންޖެހޭ ކަމެއް ކުރަންޖެހެނީ އެގައުމުތަކުން." ޔުނެޕްގެ އެގްެޒެކަޓިވް ޑިރެކްޓަރ އިންގާ އެންޑަސަން ވިދާޅުވިއެވެ.
ޖައްވަށް ބޭރުވާ ވިހަ ގޭސް އިތުރަށް ކޮންޓްރޯލުކުރުމަށް ކަނޑައަޅާފައިވާ ސުންގަޑި މިއަހަރު ހަމަަވުމުގެ ކުރިން އެކަމަށް ވެފައިވާ ވައުދުތަކަށް އަމަަލީ ސިފަ ގެނައުމަށް ކޮޕް26 ބައްދަލުުވުމުގައި ބައިވެރިވާ ގައުތަކަށް ކުރިމަތިވާ ފިއްތުން ވަރަށްވެސް ބޮޑެވެ. މިއީ ދުނިޔެ ހޫނުވާ މިންވަރު 2 ޑިގްރީ ސެލްސިސްއަށްވެރު ދަށްކުރުމަށްޓަކައި ފިޔަވަޅު އެޅުމަށް ލިބޭނެ އެންމެ ފަހު ފުރުސަތެވެ.
"މި ރިޕޯޓަކީ ދުނިޔެ ހޭލެއްވުމަށް ގޮވައިލި ގުގުރީގެ އަޑުހާ އަޑުގަަދަ ގޮވައިލުމެެއް. އަހަރުމެންނަށް ބޭނުންވަނީ މިފަދަ ކިތައް ގޮަވައިލުން." އދ. ގެ ސެކްރެޓަރީ ޖެނެރަން އެންޓޯނިޔޯ ގުޓަރޭޝް ވިދާޅުވިއެވެ.
ޖައްވަށް ބޭރުވާ ވިހަ ގޭހުގެ %57 އަށް ޒިންމާވާ 143 ގައުމަކުން ވަނީ ގޭސް ބޭރުކުރާ މިންވަރު 2030 އަންނަން ވާއިރަށް 2020 ގެ މިންވަރުން %9 ދަށްކުރުމަށް ކޮޕް26 ބައްދަލުވުމުގެ ކުރިން ޕްލޭންތަކެއް ހުށަހަޅާފައެވެ.
އެހެންނަވެސް، ޕްރިސް އެގެްރީމެންޓުގެ ދަށުން 192 ގައުމަކުން ހުށަހަޅާފައިވާ މިންވަރަށް ބަލާއިރު، 2030 ވަނަ އަހަރު އަންނައިރު 2010 ވަނަ އަހަރުގެ ނިސްބަތުން ބަލާއިރު، ޖައްވަށް ވިހަ މާއްދާތައް ބޭރުވާ މިންވަރު %16 އިތުރުވާނެއެވެ. މީގެ ނަތީޖާއަކަށް ވާނީ ދުނިޔޭގެ ހޫނުމިން 2.7 ޑިގްރީ ސެލްސިއަސް އިތުރުވުމެވެ.
ޖައްވަށް ބޭރުވާ ވިހަ މާއްދާތަކުގެ %30 ހިއްސާކުރާ ޗައިނާއާއި އިންޑިޔާއިން، އަދި އާ ޕްލޭންތަކެއް ހުށަހަޅާފައި ނުވާކަން ފާހަގަކޮށްލަން ޖެެހެއެވެ.