އާސިޔާންގެ އެންމެ އިސްވެރިންގެ ބައްދަލުވުން މިޔަންމާ ބައިވެރިނުކޮށް ފަށައިފި

ދެކުނު އިރުމަތީ އޭޝިޔާގެ ގައުމުތަކުގެ ޖަމްއިއްޔާ، އެސޯސިއޭޝަން އޮފް ސައުތު އީސްޓް އޭޝިޔަން ނޭޝަންސް (އާސިޔާން) ގެ އެންމެ އިސްވެރިންގެ ބައްދަލުވުން މިޔަންމާ ބައިވެރިނުކޮށް މިއަދު ފަށައިފިއެވެ.

އާސިޔާންއިން މިޔަންމާގެ ސިޔާސި މައްސަލަ ހައްލުުކުރަން ހުށަހެޅި ސުލްހައިގެ މަޝްރޫއަށް އަސްކަރީ ވެރިން އެއްބަސްނުވުން އާސިޔާއިން ވަނީ އަސްކަރީ ވެެރިޔާ ބައްދަލުވުމުގައި ބައިވެރިކުރުމަށް ދެކޮޅުހަދާފައެވެ. ދެން އެ ޖަމްއިއްޔާއިން ހުށަހެޅީ ވަކި ފަރާތަކަށް ނުޖެހޭ ސިޔާސީ ނޫން ބަންދޫބަކު ފޮނުވުމަށެވެ. އެހެންނަމަވެސް، މިޔަންމާގެ އަސްކަރީ ވެރިން ވަނީ މިކަމާ ދެކޮޅުހަދާފައެވެ.

ވާޗުއަލްކޮށް ކުރިއަށް ދާ މި ބައްދަލުވުނުން ފެށުުމުގެ ޖަލްސާގައި އާސިޔާގެ މިދައުރުގެ ރިޔާސަތު ބަލަހައްޓާ ބްރުނާއީންވެސް އަދި އެ ޖަމްއިއްޔާގެ ސެކްރެޓަރީ ޖެނެރަލްެވެސް މިޔަންމާ ބައްެދަލުވުމުގައި ނެތްކަމަށް އިޝާރަތްކޮށްފައި ނުވެއެވެ.

މިޔަންމާގައި އޮތް ޑިމޮކްރެޓިކް ސަރުކާރު ވައްޓާލައި ފާއިތުވު ފެބުރުވަރީ މަހު ވެރިކަމަށް އެރި ސިފައިން ވަނީ، އެ ގައުމުގެ ސިޔާސީ މައްސަލަ ހައްލުކުރަން ފާއިތުވި އެޕްރީލް މަހު އާސިޔާންއިން ހުށަހެޅި ސުލްހައިގެ މަޝްރޫއަށް އެއްބަސްވެފެއެެވެ. އެހެންނަމަވެސް، އަސްކަރީ ސަރުކާރުން އެ މަޝްރޫއު ތަންފީޒުކުރަން އެއްވެސް ކަމެއް ކޮށްފައި ނުވެއެވެ. އެހެންކަމުން، އާސިންޔާން އިން މި އޮކްޓޯބަރު މަހުގެ 15 ދުވަހު ނިންމާފައި ވަނީ މިޔަންމާގައި ވެރިކަންކުރާ އަސްކަރީ ވެރިން އެ ޖަމްއިއްޔާގެ އެންމެ އިސްވެެރިންގެ ބައްދަލުވުމުގައި ބައިވެރިނުކުރުމަށެވެ.

މިފިޔަވަޅަކީ މީގެ ކުރިން އެ ޖަމްއިއްޔާގެ މެންބަރު އެއްވެސް ގައުމެއްގެ ދާޚިލީ މައްސަލައަކާ މެދު އެއްވެސް އެއްޗެއް ބުނެފައި ނުވާ އާސިޔާން އިން މިފަދަ ފިޔަވަޅެއް އެޅި ފުރަަތަމަ ފަހަރެވެ.

ބްރޫނާއިން މީގެ ކުރިން ބުނެފައި ވަނީ ސިޔާސީ ނޫން މަންދޫބަކު މިޔަންމާ ތަމްސީލުކުރާނަމަ ބައްދަލުވުމުގައި ބަައިވެރިކުރާނެކަމަށެވެ. އެހެންނަމަވެސް، މިޔަންމާގެ އަސްކަރީ ވެރިން އެކަން ގަބޫލުކޮށްފައި ނުވެއެވެ. އަސްކަރީ ވެރިން އިއްޔެ ބުނެފައި ވަނީ މިޔަންމާ ބައިވެރިވާނީ އަސްކަރީ ވެރިޔާއަށް ނުވަތަ އޭނާ ތަމްސީލުކުރާ މިނިސްޓަރަކަށް ފުރުސަތު ދިނުމުންނެވެ.

މުޙައްމަދު ޢަބްދުﷲ
މުޙައްމަދު ޢަބްދުﷲ އަކީ އާފަތިހަށް ލިޔުއްވާތާ އެތައް އަހަރެއް ވެފައިވާ ޢިލްމުވެރި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. ދީނީ ލިޔުމާއި ދުނިޔޭގެ ޚަބަރުތަކަށް އަރައިހުންނެވި ކުޅަދާނަ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.