
އުތުރުގެ ރަށެއްގައި އުމުރުން 11 އަހަރުގެ އަންހެންކުއްޖަކަށް އެ ކުއްޖާގެ އާއިލާ މީހަކު ޖިންސީ ގޯނާކުރި މައްސަލައެއް ފުލުހަށް ހުށަހެޅި ބަލަން ފަށައިފިއެވެ.
ފުލުހުން ބުނެފައިވަނީ 12 އޮކްޓޯބަރުގައި މި މައްސަލަ ފުލުހަށް ހުށަހަޅާފައިވީ ނަމަވެސް މިހާތަނަށް މި މައްސަލައާ ގުޅިގެން އެއްވެސް މީހަކު ހައްޔަރުކޮށްފައިނުވާ ކަމަށެވެ. އަދި އެ މައްސަލަ ތަހުގީގުކުރަމުން އަންނަ ކަމަށްވެސް ފުލުހުން ބުންޏެވެ.
އަދި މިއީ ކުޑަކުއްޖެއްގެ މައްސަލައެއް ކަމަށް ވާތީ މައްސަލަ ވަރަށް ސީރިއަސް މައްސަލައެއްގެ ގޮތުގައި ބަލަމުން ގެންދާ ކަމަށާއި، ކުޑަކުއްޖާގެ ހައްގުތައް ރައްކާތެރިކޮށް ދިނުމުގެ ގޮތުން އެ ކުއްޖާގެ އަތޮޅާއި ރަށް ހާމަނުކުރާނޭ ކަމަށްވެސް ފުލުހުން ވަނީ ބުނެފައެވެ.