ގިނަ ޢަދަދެއްގެ ބަނގުރާ ނައްތާލައިފި

ފުލުހުން އަތުލައިގެންފައިވާ ގިނަޢަދަދެއްގެ ބަނގުރާ ނައްތާ ލައިފިއެވެ.

ފުލުހުން މަޢުލޫމާތު ދެއްވާ ގޮތުގައި ނައްތާލި ބަނގުރާއަކީ މިދިޔަ އަހަރުގެ ޖޫންމަހުގެ 19 ދުވަހުން ފެށިގެން މިއަހަރުގެ މާރޗް މަހުގެ 25 ވަނަ ދުވަހާ ހަމައަށް ހުށަހަޅައިފައިވާ 493 މައްސަލައަކާ ގުޅުން ހުރި ބަނގުރާއެވެ. މިބަނގުރާތައް ނައްތާލައިފައިވަނީ ދ. އަތޮޅު ކުޑަހުވަދޫ ގެންގޮސް އެރަށުގައި ފުލުހުންގެ އިދާރާގެ ބެލުމުގެ ދަށުންނެވެ.

އިއްޔެ ނައްތާލި ބަނގުރާގެ ތެރޭގައި ހިމެނެނީ 769 ބަނގުރާ ފުޅިއާއި 694 ދަނޅު ބަނގުރާއެވެ. މި ބަނގުރާފުޅިތަކާއި ދަނޅުތައް ނައްތާލައިފައިވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންދެވޭ ބަނގުރާއާއި މަސްތުވާ ތަކެއްޗާ ބެހޭ މައްސަލަތަކުގައި ހެކީގެ  ގޮތުގައި ހިފެހެއްޓޭ އެއްޗިއްސާމެދު ޢަމަލުކުރާ ގޮތުގެ ޤަވާއިދުގެ ދަށުން ކަމަށް ފުލުހުން ހާމަކުރެއްވިއެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.