
ދިރާގުން އެ ކުންފުނީގެ ފިކްސްޑް ބްރޯޑްބޭންޑް ކަސްޓަމަރުންނަށް ޚާއްސަ ކޮށްގެން 30 ނޮވެމްބަރ 2021 ގެ ކުރިން ދިރާގު ޓީވީ ކަނެކްޝަނަކަށް އެޕްލައި ކުރައްވާ ކަސްޓަމަރުންނަށް ހިލޭ ގުޅައިދިނުމުގެ އިތުރުން ހިލޭ ޖޯއިބޮކްސް ވެސް ލިބޭ ޕްރޮމޯޝަނެއް ފަށައިފިއެވެ.
އަދި މި ޕްރޮމޯޝަންގެ ދަށުން ދިރާގު ޓީވީގެ ގޯލްޑް ޕެކޭޖް ނަންގަވާ ކަސްޓަމަރުން ތެރެއިން ނަސީބުވެރި އެއް ފަރާތައް ސެމްސަންގްގެ އެންމެ ފަހުގެ ސްމާޓްފޯން، ޒީ ފޯލްޑް 3 ލިބޭނެއެވެ. މީގެ އިތުރުން، ހޮވާލެވޭ ނަސީބުވެރި އިތުރު 10 ފަރާތައް އެ ކަސްޓަމަރަކު ބޭނުންފުޅުވާ ޕެކޭޖެއްގެ 6 މަސް ދުވަހުގެ މަހުފީ މުޅިން ހިލޭ ލިބޭނެއެވެ. ދިރާގު ޓީވީއަށް ސަބްސްކްރައިބް ކުރައްވާ ހުރިހާ ކަސްޓަމަރުންނަށްވެސް ލަކީޑްރޯގައި ބައިވެރިވެވޭނެއެވެ.
ދިރާގު ޓީވީގައި މިހާރު 100 އަށްވުރެ ގިނަ ޗެނަލް ހިމެނެއެވެ.