
ކަފާލާތުގެ ދަށުން ރައީސް ޔާމީން ދޫކުރެވޭނޭ ގާނޫނީ ހަމައެއް ނެތުމާއެކު ދޫކޮށްލުމުގެ އަމުރު ކުރެވެން ނެތް ކަމަށް ސުޕްރީމް ކޯޓުން ނިންމައިފިއެވެ. ތިން ފަނޑިޔާރުންގެ އިއްތިފާގުން ނިންމާފައި ވަނީ ކަފާލާތުގެ ދަށުން ދޫކުރުމާއި މިހާރު ރައީސް ޔާމީންގެ މައްޗަށް ތަންފީޒު ކުރެވެމުންދާ ހުކުމް ފަސް ކުރުމުގެ އަމުރު ނެރެވެން ނެތް ކަމަށެވެ. އަދި ޖުރުމާނާގެ ފައިސާ ހޯދަން އެއްވެސް މަސައްކަތެއް ނުކުރުމަށްވެސް ވަނީ އަމުރުކޮށްފައެވެ.
މިއަދުގެ ޝަރީއަތުގެ މަޖިލީހުގައި ސުޕްރީމް ކޯޓުން ނިންމާފައިވަނީ އެމަނިކުފާނުގެ ފަރާތްޕުޅުން ހުށަހެޅި ކިތާބީ އާ ހެކި ބަލައިގަންނާށެވެ.
މި ނިންމުންތަކަށް ފަހު އިސްތިއުނާފުގެ މައްސަލަ ނިންމުމުގެ ގޮތުން ޚުލާސާ ބަޔާން އިއްވުމަށް ދެ ފަރާތަށް ވަނީ ކޯޓުން ފުރުސަތު ދީފައެވެ.