
ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް، މިއަދު ހެނދުނު ހުވަދުއަތޮޅު ދެކުނުބުރީ ތިނަދޫއަށް ވަޑައިގެންފިއެވެ.
އެރަށަށް ވަޑައިގެން އެމަނިކުފާނުވާނީ އެރަށުގައި ސަރުކާރުން ހިންގެވި ހަތް މަޝްރޫއެއްގެ ނިމުން ފާހަގަކުރުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެންފިއެވެ.
އެ މަޝްރޫއުތަކުގެ ތެރޭގައި، ތިނަދޫގެ މަގު ހެދުމުގެ މަޝްރޫއާއި، އިސްލާމީ މަރުކަޒު ބިނާކުރުމުގެ މަޝްރޫއާއި، އާބާދީ މައިޒާން ތަރައްގީ ކުރުމުގެ މަޝްރޫއާއި، ބިން ހިއްކުމާއި، ހިއްކާފައިވާ ސަރަޙައްދު ހިމާޔަތްކުރުމުގެ މަޝްރޫއު ހިމެނެވެ. އޭގެ އިތުރަށް 120 ހައުސިންގ ޔުނިޓް އިމާރާތް ކުރުމުގެ މަޝްރޫއާއި، ބަރާސިލް ސަރަހައްދުގެ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫއު ހިމެނެއެވެ.