
އިސްލާމީ މަރުކަޒުގައި ހުންނަ މަސްޖިދު މުޙައްމަދު ތަކުރުފާނުލްއަޢުޡަމްގައި މިއަދު މަޣަރިބު ނަމާދަށް މީހުން ތިއްބައި މީހަކު މިސްކިތަށް އަރައި އިމާމުމީހާގެ ކުރިމައްޗަށް ކުޑަގިފިލި ކޮށްފިއެވެ.
ފުލުުހުން ހާމަކޮށްފައިވާ ގޮތުގައި މީހަކު ވަނީ މިއަދު ހުކުރު މިސްކިތަށާއި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ގޭޓަށްވެސް ކުޑަގިފިލި ކޮށްފައެވެ. ތިން ތަނަށް ކުޑަގިފިލި ކުރީ އެކަކު ކަމެއް ނުވަތަ ތިން މީހުން ކަމެއް ފުލުހުން ހާމައެއް ނުކުރެއެވެ. ޚަބަރު ލިބޭ ގޮތުގައި މި އަމަލު ހިންގީ ނުކުޅެދުންތެރިކަން ހުންނަ ދިވެހި ފިރިހެނެކެވެ.
މި މައްސަލަ ރިޕޯޓު ކުރުމާ ގުޅިގެން ބަލަން ޖެހޭ ކަންތައް ބަލަމުން ގެންދާ ކަމަށް ފުލުހުންގެ ތަރުޖަމާނު ވިދާޅުވިއެވެ.