މާލޭގައި ހުންނަ ޕާކިސްތާނު ހައި ކޮމިޝަނުގެ ޓީމަކާއި ހަބީބް ބޭންކްގެ ޓީމަކާ ދެމެދު އެކުވެރި ކަމުގެ ދެ ކްރިކެޓް މެޗު މިއަދު ކުޅެފިއެވެ. ކުޅިވަރު އެކުވެނި ކްރިކެޓް ޕިޗުގައި ކުޅުނު މެޗުގައި ހައި ކޮމިޝަން ޓީމުގެ ކެޕްޓަންކަން ކުރީ ކޮންސިއުލަރ އެޓާޝޭ އާފްތާބް އަޙްމަދެވެ. ހަބީބް ބޭންކް ޓީމުގެ ކެޕްޓަނަކްން ކުރީ ކަންޓްރީ މެނޭޖަތ މުޙައްމަދު ޝުޢައިބް އަވާނެވެ.
މެންދުރު ފަހު 3 ޖެހިއިރު ކުޅުނު ފުރަތަމަ މެޗަކީ 10 އޯވަރުގެ މެޗެކެވެ. މި މެޗުން މޮޅުވީ ހަބީބް ބޭންކްގެ ޓީމެވެ. ފުރަތަމަ ކުޅުނީ ހަބީބް ބޭންކްގެ ޓީމެވެ. އެ ޓީމުން 109 ލަނޑު ހެދިއެވެ. ހައި ކޮމިޝަން ޓީމަށް ހެދުނީ 6 ވިކެޓަށް 98 ލަނޑެވެ. މި މެޗުގެ މޭން އޮފް ދަ މެޗަކީ ހަބީބް ބޭންކް ޓީމުގެ ސޫރަޖް ކުމާރެވެ.
ދެވަނަ މެޗުން މޮޅުވީ ހައި ކޮމިޝަނުގެ ޓީމެވެ. މި މެޗުގެ މޭބން އޮފް ދަ މެޗަކީ ހައި ކޮމިޝަން ޓީމުގެ ޠާހިރެވެ.
މެޗުތައް ނިމިގެން ކޭކު ފެޅުމުގެ ރަސްމިއްޔާތެއްވެސް ބޭއްވުނެވެ. ޕާކިސްތާން ހައި ކޮމިޝަނުން ހާމަ ކުރައްވާ ގޮތުގައިޮ މިއީ އިޖްތިމާއީ ގުޅުން އާލާ ކުރުމުގެ ގޮތުން ކުޅުނު މެޗުތަކެކެވެ. މިފަދަ އެހެން މެޗުތައް ދިވެހިންނާ އެކު ކުޅެ ދިވެހިރާއްޖޭގައި ކްރިކެޓްގެ ރޫހު އާލާކުރައްވަން މަސައްކަތް ކުރައްވާނޭ ކަމަށް ޑެޕިއުޓީ ހެޑް އޮފް ދަ މިޝަން ޒުލްޤަރްނައިން އަޙްމަދު ވިދާޅުވިއެވެ.
މިއަދުގެ މެޗުތައް ބައްވަލާލައްވަން ޕާކިސްތާން ހައި ކޮމިޝަނަރު ވަޑައިގަތެވެ. އަދި ދެ ޓީމުގެ އާއިލާގެ މީހުންނާއި ދިވެހިން އެއްވިއެވެ.
މި މެޗުތައް ކުޅެފައި ވަނީ ރާއްޖޭގެ ކްރިކެޓް ބޯޑާ ގުޅިގެންނެވެ.