މުއްސަނދި ގައުމުތަކުގައި މިއަަހަރު ނިމޭއިރު ކޮވިޑް-19 ގެ ވެކްސިންގެ 1.2 ބިލިއަން ޑޯޒް ބާކީ ހުންނާނެ

ދުނިޔޭ މުއްސަނދި ގައުމުތަކުގައި ހުރި ކޮވިޑް-19 ގެ ވެކްސިންގެ ތެެރެއިން މިއަހަރު ނިމޭއިރު 1.2 ބިލިއަން ޑޯޒް ބޭނުން ނުކޮށް ބާކީ ހުންނާނެ ކަމަށް ދިރާާސާއަކުން ދައްކައިފިއެވެ.

ލަންޑަންގައި މައި އޮފީސް ހުންނަ ކުންފުންޏެއް ކަމަށްވާ އެއާފިނިޓީ ލިމިޓެޑުން ހެދި ދިރާސާއަކުން ދައްކާ ގޮތުގައި އިނގިރޭސިވިލާތާއި، އެމެރިކާއާއި، ޔޫރަޕިއަން ޔުނިއަން (އީޔޫ) ގެ ގައުމުތަކުގައި ހުރި ވެކްސިންގެ އަދަދަށް ބަލާއިރު އާބާދީގެ 12 އަހަރުން މަތީގެ %80 މީހުން ދެ ޑޯޒް ފުރިހަމަކުރުމަށް ފަހު، ބޫސްޓާ ޑޯޒެއް ޖެހިނަަމަވެސް، ގިނަ އަދަދައްގެ ވެކްސިން ބާކީވާނެއެވެ. އަދި ބޭނުންނަމަ އެ ވެކްސިން ދުނިޔޭގެ ކަންކޮޅުތަކަށް ބަހާލެވިދާނެއެވެ.

މުއްސަނދި ގައުމުތަކުގައި ރައްކާކޮށްފައި ހުރި ވެކްސިނަށް ބަލާއިރު، ފަގީރު ގައުމުތަކަށް ހިލޭ އެހީގެ ގޮތުގައި ދީގެން އުޅެނީ މަދު އަދަދެއްގެ ވެކްސިނެވެ. އަދި ގިނަ ގައުމުތަކުން ދަނީ ބޫސްޓާ ޑޯޒެއް ޖަހަންކަަމަށް ބުނެ ވެކްސިން ރައްކާކުރަމުންނެވެ.

އެއާފިނިޓީން ބުނާ ގޮތުގައި ފާއިތުވި މަހުގެ ނިޔަލަށް ހުޅަނގުގެ ގައުމުތަކުގައި 500 މިލިޑަން ޑޯޒްގެ ވެކްސިން ރައްކާކޮށްފައި ހުރިއިރު، އޭގެތެރެއިން 360 ޑޯޒަކީ އެއްވެސް ބަޔަކަށް ނުދޭން ނިންމާފައި ހުރި ވެކްސިނެވެ. އަދި އެ ކުންފުނިން ލަފާކުރާ ގޮތުގައި މިއަހަރުގެ ނިޔަލަށް އެ ގައުމުތަކުގައި ރައްކާކޮށްފައި ހުރި ވެކްސިންގެ އަދަދު 1.2 ބިލިއަން ޑޯޒަށް އަރާއިރު، އެތަނުން 1.06 ބިލިއަން ޑޯޒަކީ އެހެން ބަޔަަކަށް ހަދިޔާ ނުކުރާ ގޮތަށް ރައްކާކޮށްފައި ހުންނާނެ ވެކްސިނެވެ.

"(ދުނިޔޭގެ) ބޭނުންތަކާ މެދު ވިސްނައި އަލުން ހިސާބު ހަދަން އެބަޖެހޭ. އަހަރުމެން އެބަޖެހޭ ހުރިހާ ކޮންޓްރެކްޓެއް އާއްމުކޮށް ހުޅުވާލައި ބޭނުންޖެހިފައިވާ ފަރާތްތަކަށް ވެކްސިން ލިބޭގޮތް ހަދަން." ކޭޕް ޓައުންގައި މައި އޮފީސް ހުންނަ ހިލޭ ސާބަހަށް މަސައްކަތްކުރާ ޖަމާއަތެއް ކަމަށްވާ 'ހެލްތު ޖަސްޓިސް އިނިޝިއޭޓިވް'ގެ ބާނީ އަދި ޑިރެކްޓަރު ފާޠިމާ ޙަސަން ވިދާޅުވިއެވެ.

މިއަހަރުގެ ކުރީކޮޅު ހެދި މިނިވަން ދިރާާސާއަކުން ދައްކާގޮތުގައި 2022 ވަނަ އަހަރުގެ މެދުތެރެއާ ހަަމައަށް ދުނިޔޭގެ ފަގީރު ސަރަހައްދުތަކަށް 2 ބިލިއަން ޑޯޒްގެ ވެކްސިން ބޭނުންވާނެއެވެ. އެއާފިނިޓީގެ ދިރާސާއަކުން ދައްކާ ގޮތުގައި ފަގީރު ސަރަހައްދުތަކަށް ހަދިޔާކުރުމަށް ޖީ-7 އާއި އީޔޫގެ ގައުމުތަކުން ވަައުދުވި 1 ބިލިއަން ޑޯޒްގެ ތެރެއިން މިހާތަަނަށް ދީފައި ވަނީ އެންމެ %15 އެވެ.

ފަގީރު ގިނަ ގައުމުުތަކެއް އެ ގައުމުތަކަށް ބޭނުންވާ ވެކްސިން ހޯދުމަށް ބަރޯސާވަނީ ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާ (ޑަބްލިޔުއެޗްއޯ) އިން އިސްނަގައިގެން ހިންގާ ކޮވެކްސް ފެސިލިޓީއަށެވެ. އެހެންނަަމަވެސް، ގަައުމުތަކަށް ބޭނުންވާ ވެކްސިން ފޯރުކޮށްދިނުމުގައި އެ ފެސިލިޓީ ވަނީ ވަަރަށް ފަހަތުގައެވެ.

ކޮވެކްސް ފެސިލިޓީން އަމާޒު ހިފާފައި އޮތީ މިއަހަރު ނިމުމުގެ ކުރިން 190 ގައުމަކަށް ކޮވިޑް-19 ވެކްސިންގެ 2 ބިިލިއަން ޑޯޒް ފޯރުކޮށްދިނުމަށެވެ. އޭގެތެރޭގައި ފަގީރު 92 ގައުމެއްވެސް ހިމެނެއެވެ. އެހެންނަމަވެސް، ވެކްސިން އުފައްދާ ކުންފުނިތަކާއެކު މުއްސަނދި ގައުމުތަކުން ހަދާފައިވާ ކޮންޓްރެކްޓްތަކުގެ ސަބަބުން ކޮވެކްސް ފެސިލިޓީއަށް ބޭނުންވާ ވެކްސިން ވަނީ ލިބޭގޮތް ނުވެފައެވެ.

މުޙައްމަދު ޢަބްދުﷲ
މުޙައްމަދު ޢަބްދުﷲ އަކީ އާފަތިހަށް ލިޔުއްވާތާ އެތައް އަހަރެއް ވެފައިވާ ޢިލްމުވެރި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. ދީނީ ލިޔުމާއި ދުނިޔޭގެ ޚަބަރުތަކަށް އަރައިހުންނެވި ކުޅަދާނަ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.