ދަރިފުޅު ބައްޕަޔާ ސުވާލުކޮށްލިއެވެ.
ސިޔާސީ އަކީ ކޮން އެއްޗެއްތޯއެވެ؟
ބައްޕަ ބުންޏެވެ.
ވިސްނައިގެން އަޑުއަހާށެވެ.
ގޭގެ ހުރިހައި ކަމެއް ކުރަންވާ އުސޫލުތައް ކަނޑައަޅަނީ ބައްޕައެވެ.
އެހެންވީމާ ރައްޔިތުނބްގެ މަޖިލީހަކީ ބައްޕައެވެ.
ގެއަށް ލިބޭ ފައިސާ ބަލަހައްޓައި ގެ ހިންގައި ހަދަނީ މަންމައެވެ.
އެހެންވީމާ ސަރުކާރަކީ މަންމައެވެ.
މަންމަޔާއި ބައްޕަ މަސައްކަތް ކުރަނީ ދަރިފުޅު ބަލަހައްޓާށެވެ.
އެހެންވީމާ ދަރިފުޅަކީ ރައްޔިތުންނެވެ.
މިގޭ އެންމެންގެ މަސައްކަތް ކުރާ މީހަކީ ގެންގުޅޭ އަޙްމަދެވެ.
އެހެންވީމާ އަޙްމަދަކީ ދައުލަތުގެ ވަޒީފާއަދާ ކުރާ މީހުންނެވެ.
ދަރިފުޅުގެ ތުއްތު ކޮއްކޮއަކީ މުސްތަގުބަލެވެ.
ދަރިފުޅު ވިސްނައިލިއެވެ.
އެކަމަކު އަނގަޔަކުން ނުބުނެއެވެ.
އެރޭ ދަންވަރު ދަރިފުޅަށް ހޭލެވުނީ އޭނާގެ ތުއްތު ކޮއްކޮ ރޯ އަޑަށެވެ.
ތެދުވެގެން ގޮސް ބަލައިލީއިރު ކޮއްކޮ އޮތީ ސިޔާއި ހީހާ ލެވިފައެވެ.
މަންމަ ކޮބައިތޯ ބަލައިލީއިރު މަންމަ އޮތީ ނިދައިފައެވެ.
ދެން ދިޔައީ އަޙްމަދު ކޮބައިތޯ ބަލައިލާށެވެ.
އަޙްމަދުގެ ކޮޓަރީގައި ބައްޕަ ހުއްޓެވެ.
އަޙްމަދު އޮތީ ގުދަށެވެ.
ބައްޕަގެ އަތުގައި އޮތީ ހަންމުށްޓެކެވެ.
މުސާރައިގެ ވާހަކަ ދެއްކީމާ އަޙްމަދަށް އަދަބު ދެނީއެވެ.
އަނެއް ދުވަހު ހެނދުނު ނާސްތާ ކުރަން އިނދެފައި ދަރިފުޅު ބުންޏެވެ.
ސިޔާސީއަކީ ކޮން އެއްޗެއްކަން މިހާރު އަޅުގަނޑަށް ވިސްނިއްޖެއެވެ.
ބައްޕަ ހިނިތުން ވެލާފައި ބުންޏެވެ.
ނިކަން ކިޔައިދީބަލާށެވެ.
ދަރިފުޅު ބުންޏެވެ.
ރައްޔިތުންގެ މަޖިލީހުން މަސައްކަތްތެރިން ތަޅައި ރޯނާގަންނަވާއިރު
ސަރުކާރު އޮންނަނީ މަރުނިދީގައި ނިދައިފައެވެ.
ރައްޔިތުންނާ އަޅައިލާ ބަޔަކު ނެތެވެ.
މުސްތަގުބަލު އޮންނަނީ ސިޔާހީހާ ތަތްތެޅިގެން ރޯށެވެ.