
ކޯވިޑް 19 ގެ ސަބަބުން މިހާރު މާލެ ސަރަހައްދުގައި ގާއިމުކޮށްފައިވާ ކާފިއުގެ ވަގުތު ރޭގަނޑު 8 އިން ފަތިހު 4 އަށް ކުރުކޮށްފިއެވެ. މިހަރު ކުރިއަށް ދާ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޝާލިޙް ވިދާޅުވި ގޮތުގައި ކާފިއު ގަޑި ނޫން ގަޑިތަކުގައި ވިޔަފާރިތައް އާއްމުކޮށް ހުޅުވުން ހުއްދަ ވާނެއެވެ. އަދި ފާހަކާ ނުލައި ގެއިން ބޭރަށް ނުކުމެ އުޅުންވެސް ހުއްދަ ވާނެއެވެ. މި އުސޫލަށް އަމަލު ކުރަން ފަށްޓާނީ އަންނަ ޖުލައި މަހުގެ 1 ވަނަ ދުވަހުން ފެށިގެންނެވެ.
ރައީސުލްޖުމްހޫރިއްޔާ ވިދާޅުވި ގޮތުގައި މި އުސޫލަށް އަމަލު ކުރަން ފެށުމާއެކު ހޮޓަ ރެސްޓޯރަންޓުތަކުގައި ތިބެގެން ކައިބޮއި ހެދުންވެސް ހުއްދަވާނެއެވެ. ކަމާބެހޭ އިތުރުމައުލޫމާތު އިދާރާތަކުން ހާމަ ކުރަމުން ގެންދާނެ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.