
ރާއްޖެއިން އިތުރު 901 މީހުން ކޯވިޑް-19އަށް ޕޮޒިޓިވްވެއްޖެއެވެ. އޭގެތެރޭގައި މާލެ ސަރަޙައްދުން ޕޮޒިޓިވްވި 468 މީހުންނާއި އަތޮޅުތަކުން ޕޮޒިޓިވްވި 417 މީހުންނާއި ރިސޯޓުތަކުން ޕޮޒިޓިވްވި 11 މީހެކެވެ. މިއާއެކު ރާއްޖެއިން މިހާތަނަށް ކޯވިޑް-19އަށް ޕޮޒިޓިވްވި މީހުންގެ ޖުމުލަ ޢަދަދު މިވަނީ 61،844 އަށް އަރާފައެވެ.
މިވަގުތު ކޯވިޑް-19އަށް ޕޮޒިޓިވްވެގެން ފަރުވާދެމުންދާ 24،818 މީހުން ރާއްޖޭގައި އެބަތިއްބެވެ. ހޮސްޕިޓަލުތަކުގައި އެޑްމިޓްކޮށްގެން 252 މީހުންނަށް ދަނީ މިވަގުތު ފަރުވާދެމުންނެވެ.
މިރޭ އަލަށް މިބަލިން ރަނގަޅުވީ 1497 މީހުންނެވެ. މިއާއެކު މިހާތަނަށް މިބައްޔަށް ޕޮޒިޓިވްވި 36,862 މީހުން ވަނީ ބަލިން ރަނގަޅުވެފައެވެ.
މިދިޔަ 24 ގަޑިއިރުގެ ތެރޭގައި ކޮވިޑަށް ޓެސްޓްކުރުމަށްޓަކައި 4,821 ސާމްޕަލެއް ވަނީ ނަގާފައެވެ.
މިހާތަނަށް މިބަލީގައި ރާއްޖެއިން 155 މީހުން ވަނީ ނިޔާވެފައެވެ.