
ކޯވިޑް-19 ގައި މިއަދުގެ މިހައިތަނަށް 5 މީހަކު ނިޔާވެއްޖެއެވެ.
ފުރަތަމަ ނިޔާވީ ދެމީހުންނަނޚި ހައްދުންމަތީ ގަމުގައި ހުންނަ ފެސިލިޓީގައި ނިޔާވީ ދެމީހުންނެވެ. އެއީ ރޭ މެންދަމު 1.54 ގައި ނިޔާވީ އުމުރުން 87 އަހަރުގެ ފިރިހެނަކާއި 3.01 ގައި ނިޔާވީ އުމުރުން 69 އަހަރުގެ އަންހެނެކެވެ. ތިންވަނަ މީހާއަކީ އައިޖީއެމްއެޗް އީއާރްގައި މިއަދު ހެނދުނު 7.25 ގައި ނިޔާވީ ފިރިހެނެކެވެ. އެއީ ބާއްވާފައި އޮތް މީހެއް ނޫނެވެ. ބަލި ވެގެން ހަސްފަތާލަށް ގެންދިޔަ މީހެކެވެ. ހަތަރު ވަނައަށް ނިޔާވީ ހުޅުމާލޭ ފެސިލިޓީގައި އޮތް އުމުރުން 63 އަހަރުގެ އަންހެނެކެވެ. އޭނާ ނިޔާވީ ހެނދުނު 8.30 ގައެވެ. ފަސް ވަނައަށް ނިޔާވީ ހުޅުމާލޭ ފެސިލިޓީގައި އޮތް އުމުރުން 51 އަހަރުގެ ފިރިހެނެކެވެ. މިއީ އިންޑިއާ މީހެކެވެ. ނިޔާވީ ހެނދުނު 8.44 ގައެވެ.
މި ފަސް މީހުނާއެކު ކޯވިޑް-19 ގައި ރާއްޖެއިން ނިޔާވީ މީހުންގެ އަދަދު 110 އަށް އެރީއެވެ.