
މިއަދު މެންދުރުފަހު 1 ޖެހިއިރު އައިޖީއެމްއެޗްގައި މަރުވީ 70 އަހަރުގެ އަންހެނަކަށް ކޯވިޑް-19 ޖެހިފައިވާ ކަމަށް އެޗްޕީއޭއިން ބުނެފިއެވެ. މި އަންހެންމީހާ ހޮސްޕިޓަލަށް ފޯރިއިރު އޮތީ މަރުވެފައެވެ.
މިއީ ކޯވިޑް-19 ގައި ރާއްޖެއިން މަރުވީ 13 ވަނަ މީހާއެވެ.
ރާއްޖެއިން ކޯޥިޑް-19 ފެނުނުތާ މިއަދަށް މިވީ 123 ދުވަހެވެ. މިހާރު މި ބަލިޖެހިފައި ތިބީ 371 މީހުންނެވެ. މުޅި ޖުމުލަ މިހައިތަނަށް ބަލި ޖެހިފައިވަނީ 2501 މީހުންނަށެވެ. ފަސޭހަ ވެފައި ވަނީ 2113 މީހުންނެވެ.