
ކޮވިޑް-19ގައި އިތުރު ދިވެއްސަކު ނިޔާވެއްޖެއެވެ. މިއީ މިބަލީގައި ރާއްޖެއިން ނިޔާވި 71ވަނަ މީހާއެވެ.
ހެލްތު އިމަރޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ)އިން ވިދާޅުވެފައިވަނީ އެންމެފަހުން ނިޔާވެފައިވަނީ ޢުމުރުން 80 އަހަރުގެ ދިވެހި ފިރިހެނެއްކަމަށެވެ. އޭނާ ނިޔާވެފައިވަނީ ހުޅުމާލޭ ހޮސްޕިޓަލުގައި އެޑްމިޓްކޮށްގެން ފަރުވާ ހޯދަމުންދަނިކޮށެވެ. އެއީ ރޭ 11:25 ހާއިރުއެވެ.
ކޮވިޑް-19ގައި ރާއްޖެއިން މިހާތަނަށް މިވަނީ 63 ދިވެހިންނާއި، 8 ބިދޭސީން ނިޔާވެފައެވެ.