އާފަތިސް ބަދިގެ: ބަޓަރ ޗިކަން

ބަޓަރ ޗިކަން އަކީ ރޮށްޓާއި ފަރާޓާ، ނާނު އަދި ބަތާއެކު ވެސް ކާލަން ވަރަށް މީރު ބާވަތެކެވެ. މިއީ ރޯދަ ވީއްލާ ގަޑިއަށްވެސް ވަރަށް ކަމުދާނެ ބާވަތެކެވެ.

ބޭނުންވާ ތަކެތި 

  • 1 މޭޒުމަތީ ސަމުސާ އެކްސްޓްރާ ވަރޖިން އޮލިވް އޮއިލް                     
  • 1 ފިޔާ 
  • 1/4 ޖޯޑު އަން ސޯލްޓެޑް ބަޓަރ
  • 1 މޭޒުމަތީ ސަމުސާ އިނގުރު (ގާނާފައި)
  • 2 ބޮޑު ލޮނުމެދު (ގާނާފައި)
  • 500 ގްރާމް  ބޯންލެސް ޗިކަން (ހަންނޮޅައި ކޮށައިފައި)
  • 1 މޭޒުމަތީ ސަމުސާ ގަރަމް މަސާލާ
  • 1 ސައިސަމުސާ މުގުރި މިރުސް
  • ½  ސައިސަމުސާ ލޮނު
  • 4/1 ސައިސަމުސާ އަސޭމިރުސް (މުގުރާފައި)
  • 1 ޖޯޑު ޓޮމާޓޯ ސޯސް
  • 2 މޭޒުމަތީ ސަމުސާ ޓޮމާޓޯ ޕޭސްޓް
  • 2 ސައިސަމުސާ ލެމަން ޖޫސް
  • ¼ ޖޯޑު ޕްލެއިން ޔޯގަޓް
  • ½ ޖޯޑު (ހެވީކްރީމް)
  • ½ ޖޯޑު (ހޯލް މިލްކް)

ތައްޔާރު ކުރާނެ ގޮތް

1- ތެއްޔެއް ނުވަތަ ތަވައެއްގައި އެކްސްޓްރާ ވަރޖިން އޮލިވް އޮއިލް ހޫނުކޮށްލާށެވެ.  ކޮށާފައި ހުރި ފިޔާކޮޅު އަޅައިލުމަށް ފަހު ހަތަރު ވަރަކަށް މިނިޓެއްހާއިރު މީޑިއަމް ހީޓްގައި ބަހައްޓައިގެން މީރުކޮށްލާށެވެ.

2- ބަޓަރުކޮޅު އަަަަަަަަަަަޅައިލުމަށް ފަހު މެލްޓް ވާންދެން މަޑުގިނީގައި ބަހައްޓައިލާށެވެ. ދެން ގާނާފައި ހުރި ލޮނުމެދާއި އިނގުރުކޮޅު އަޅައިލުމަށްމަހު ގާތްގަނޑަކަށް 30 ސިކުންތު ވާންދެން ކައްކައިލާށެވެ. އެޔަށްފަހު ކޮށާފައި ހުރި ކުކުޅުކޮޅު އެއްކޮށްލުމަށް ފަހު ދެ މިނިޓެއްހާ އިރު ކައްކާލާށެވެ.

3- ބާކީ ހުރި ތަކެތީގެ ތެރެއިން ގަރަމް މަސާލާއާއި މުގުރި މިރުހާއި އަސޭމިރުހާއި ލޮނުކޮޅު އަޅައިލުމަށް ފަހު ރަނގަޅަށް އެއްކޮށްލާށެވެ. ދެން ޓޮމާޓޯ ސޯސް، ޓޮމާޓޯ ޕޭސްޓް، ލެމަން ޖޫސް، ޔޯގަޓް، ހެވީ ކްރީމް އަދި ހޯލް މިލްކް ފޮދު އަޅައިލާށެވެ. ދެން ރަނގަޅަށް ހުރިހާ ތަކެތި އެއްކޮށްލާށެވެ. މީޑިއަމް ހީޓްގައި ބަހައްޓައިގެން ސޯސްގަނޑު ހިކިލަންދެން ދިހަވަރަކަށް މިނިޓް ކައްކާލާށެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.