އާފަތިސް ބަދިގެ: އެގް ސެލަޑް 

މިއީ އާންމުކޮށް އަޅުގަނޑުމެން ކައި އުޅޭ ސެލަޑެއް ނޫނެވެ. ނަމަވެސް މިއީ  ހަށިގަނޑަށް ވަރަށް ފައިދާ ހުރި ސެލަޑެކެވެ. އެގް ސެލަޑް ތަފާތު ގޮތްގޮތަށް ތައްޔާރު ކުރެވިދާނެއެވެ. ބޭނުމިއްޔާ ތަރުކާރީގެ ބާވަތްތަކާއި ފަތްޕިލާވެލި ބޭނުންކޮށްގެން ތައްޔާރު ކޮށްލެވިދާނެއެވެ. މިއީ ވަރަށް ފަސޭހައިން ތައްޔާރު ކޮށްލެވޭނެ ސެލަޑެކެވެ. މި ސެލަޑް ތައްޔާރުކޮށްލުން ރަނގަޅީ ކާން ބޭނުންވާ ވަގުތުއެވެ.

ބޭނުންވާ ތަކެތި

  • 8 ބިސް (ހަރުކޮށް ފެނުކައްކާފައި)
  • ¼ ޖޯޑު ޕްލެއިން ޔޯގަޓް
  • 3 މޭޒުމަތީ ސަމުސާ މެޔޮނައިޒް
  • 3 މޭޒުމަތީ ސަމުސާ ފިޔާ  (ހިމުންކޮށް ކޮށާފައި)
  • 1 މޭޒުމަތީ ސަމުސާ މަސްޓަޑް
  • 2 މޭޒުމަތީ ސަމުސާ ޕާސްލޭ 
  • ½ ސައިސަމުސާ ޕެޕްރިކާ
  • މުގުރި އަސޭމިރުސްކޮޅެއް 
  • ރަހަލާ  ވަރުގެ ލޮނުކޮޅެއް

ތައްޔާރު ކުރާނެ ގޮތް

1- ފެނުކެއްކި ބިސްތައް ތޮށި ނޮޅައިލުމަށް ފަހު ކިޔުބުކޮށް ކޮށާލައިފައި ބޮޑު ބޯތަށްޓަކަށް އަޅައިލާށެވެ.

2- އެހެން ބާވަތްތައް އެެހެން ބޯތަށްޓެއްގައި ރަނގަޅަށް އެއްކޮށްލުމަށް ފަހު ލޮނު ހެޔޮވަރު ކޮށްލާށެވެ. ދެން ކޮށާފައި ހުރި ބިސް ތަށްޓަށް އަޅައިލުމަށްފަހު މަޑުމަޑުން އެއްކޮށްލާށެވެ.

ނޯޓް:  މިސެލަޑް ހުހާ ކާލަންވެސް މީރުވާނެއެވެ. ނޫންނަމަ ސޭންޑްވިޗް  ނޫނީ އެެހެން ބާވަތްތަކާއެކު ވެސް ކެވިދާނެއެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.