އާފަތިސް ބަދިގެ: ބޭކެޑް ބީންސް ޕިއްޒާ

ޕިއްޒާ އަކީ ރޯދަ ވީއްލުމަށާއި ތަރާވީސް ދަމުގައި ވެސް ކެއުމަށް އެންމެ ކަމުދާ އެއް ބާވަތެވެ. ނަމަވެސް އާއްމުކޮށް ކައި އުޅޭ ޕިއްޒާ އާ ބޭކެޑް ބީންސް ޕިއްޒާ ތަފާތެވެ.  ބޭކެޑް ބީންސް ޕިއްޒާ އަކީ ވަރަށް މަދު ބާވަތްތަކެއް ބޭނުންކޮށްގެން ތައްޔާރު ކޮށްލެވޭނެ ޕިއްޒާ އެކެވެ. އެހެން ޕިއްޒާތަކަށް ބޭނުންވާ ކޮށުންތަކެއްވެސް ބޭކެޑް ބީންސް ޕިއްޒާއަކަށް ބޭނުމެއް ނުވެއެވެ. ޗީޒް ކޮޅު ގާނައިލުން ފިޔަވައި އިތުރަށް ކުރަންޖެހޭނެ ކަމެއް ނެތެވެ. ޕިއްޒާ  ބޭސް ނުވަތަ ފުށްގަނޑު އަމިއްލައަށް ވެސް ތައްޔާރުކޮށްލެވިދާނެއެވެ.

ބޭނުންވާ ތަކެތި 

  • 1 ބޮޑު ޕިއްޒާ ފުށްގަނޑު
  • 1 ދަޅު ބޭކެޑް ބީންސް
  • 3 މޭޒުމަތީ ސަމުސާ ޕިއްޒާ ސޯސް 
  • 150 ގްރާމް (11/2 ޖޯޑު) މޮޒެރެއްލާ ނުވަތަ ޗެޑަރ ޗީޒް ( ގާނައިފައި)

ތައްޔާރު ކުރާނެ ގޮތް

1- ޕިއްޒާ ބޭސް (ފުށްގަނޑު) ގައި ޓޮމާޓޯ ސޯސް ހާކައިލާށެވެ.

2- ބޭކެޑް ބީންސް ދަޅު ކަނޑައިލުމަށް ފަހު  ފުށްގަނޑު ފޮރުވޭ  ވަރަށް އެއް ލޭޔަރަށް ބޭކެޑް ބީންސް ފަތުރައިލާށެވެ.

3- ގާނައިފައި ހުރި ޗީޒް، ބޭކެޑް ބީންސްގެ މަތީ ފަތުރައިލާށެވެ. (މޮޒެރެއްލާ ޗީޒާއި ޗެޑަރ ޗީޒް) އެއްކޮށްވެސް އަޅައިލެވިދާނެއެވެ.

4- 190 ޑިގްރީ ގައި  ބަހައްޓައިގެން 15 - 20 މިނިޓު ވާންދެން ފިހެލާށެވެ. ހޫނުކޮށް ކައިލަން މީރުވާނެ އެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.