ކޮވިޑް-19 : ޕޮޒިޓިވް ޢަދަދުތައް 100 އިން ދަށުގައި

ރާއްޖެއިން އިތުރު 58 މީހުން ކޯވިޑް-19އަށް ޕޮޒިޓިވްވެއްޖެއެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗް.ޕީ.އޭ)ގެ ތަފާސްހިސާބުތައް ދައްކާގޮތުން އިއްޔެގެ 18:00އިން މިއަދުގެ 18:00އަށް ރާއްޖެއިން އަލަށް ޕޮޒިޓިވްވި 58 މީހުންގެ ތެރޭގައި ހިމެނެނީ މާލެ ސަރަޙައްދުން ޕޮޒިޓިވްވި 36 މީހަކާއި އަތޮޅުތަކުގެ ރަށްރަށުން ޕޮޒިޓިވްވި 11 މީހަކާއި ރިސޮޓުތަކުން ޕޮޒިޓިވްވި 11 މީހެކެވެ.

މިއާއެކު ރާއްޖެއިން ކޯވިޑް-19އަށް ޕޮޒިޓިވްވި މީހުންގެ ޖުމުލަ ޢަދަދު މިވަނީ 25،759 އަށް އަރާފައެވެ.  މިވަގުތު ރާއްޖޭގައި ކޯވިޑް-19އަށް ފަރުވާ ހޯދަމުންދަނީ 2،702 މީހުންނެވެ. މިވަގުތު 62 މީހަކަށް ހޮސްޕިޓަލުތަކުގައި އެޑްމިޓްކޮށްގެން ފަރުވާދެމުން އެބަދެއެވެ.

މިރޭ އަލަށް ބަލިން ރަނގަޅުވީ 185 މީހުންނެވެ. މިއާއެކު މިހާތަނަށް ޖުމުލަ 22,981މީހުންވަނީ ބަލިން ރަނގަޅުވެފައެވެ.

ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި ކޮވިޑް-19އަށް ޓެސްޓްކުރުމަށްޓަކައި ރާއްޖޭގައި 2,645 ސާމްޕަލެއް ވަނީ ނަގާފައެވެ.

ކޮވިޑް-19ގައި ރާއްޖެއިން ނިޔާވެފައިވަނީ 67 މީހުންނެވެ. އެއީ 59 ދިވެހިންނާއި، 8 ބިދޭސީންނެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.