އަޅުގަނޑުމެން ދެމީހުންގެ ދެމެދަކަށް ވެންޓިލޭޓަރަކަށް ނުވަދެވޭނެ: ރައީސުލްޖުމްހޫރިއްޔާ

އެމަނިކުފާނާއި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދާ ދެމެދަށް ވެންޓިލޭޓަރަކަށް ނުވަދެވޭނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.

މިހާރު ރައީސް އޮފީހުގައި ކުރިއަށްދާ ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވި ގޮތުގައި ދެބޭފުޅުންގެ ދެމެދުގައިވެސް އަދި ޕާޓީގެ އެހެން ބޭފުޅުންގެ ދެމެދުގައިވެސް ޚިޔާލު ތަފާތުވުން ހުންނާނެއެވެ. އެ ޚިޔާލު ތަފާތުވުމުގެ ސަބަބުން ސަރުކާރަކަށްވެސް އަދި ޕާޓީއަކަށްވެސް އެއްވެސް ގެއްލުމެއް ނުލިބޭނެއެވެ. އެމަނިކުފާނު އެފަދަ ފުރުސަތެއް ނުދެއްވާނެއެވެ.

އިއްޔެގެ ބޭއްވެވި ނޫސްވެިންގެ ބައްދަލުވުމެއްގައި ރައީސް ނަޝީދު ވިދާޅުވެފައި ވަނީ ރައީސުލްޖުމްހޫރިއްޔާއާއި އެމަނިކުފާނާ ދެމެދު އޮންނަ މައްސަލައަކީ ކޮރަޕްޝަންގެ މައްސަލަ ކަމުގައެވެ. ހެލްތު މިނިސްޓްރީން ކޯވިޑް-19 އާ ގުޅިގެން ގެންނާން އުޅުނު ވެންޓިލޭޓަރުތަކުގެ ކޮރަޕްޝަންގެ މައްސަލަ ނެތްނަމަ އެމަނިކުފާނާއި ރައީސުލްޖުމްހޫރިއްޔާއާ ދެމެދު އެއްވެސް މައްސަލައެއް ނުއުފެދޭނޭ ކަމުގައެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.