ފުލުސް ކޯޓު އެނބުރި އަންނަނީ: މެންބަރު ޝަރީފު

ފޮޓޯ: ރައްޔިތުންގެ މަޖިލިސް

ފުލުސް ކޯޓު އެނބުރި އަންނަ މަންޒަރު ފެނިވަޑައިގަންނަވާ ކަމަށާއި، އޭނދަ ބަރު އެބަހެކިދެއޭ ކިޔައިގެން މައްސަލަ ނިންމުމުގެ އުސޫލަށް އެނބުރި ގޮސްގެން ނުވާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ މަރަދޫ މެންބަރު އިބްރާހީމް ޝަރީފު ވިދާޅުވެއްޖެއެވެ.

ހެލްތު މިނިސްޓްރީން ގެންނަން އުޅުނު ވެންޓިލޭޓަރުގެ މައްސަލައިގައި ޝަރީއަތަށް ނުފޮނުއްވީތީ ޕީޖީގެ މައްސަލަ ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމުން އެ މައްސަލައިގައި ވާހަކަފުޅު ދައްކަވަމުން ޝަރީފު ވިދާޅުވި ގޮތުގައި ކޮރަޕްޝަނާއި ވައްކަމުގެ މައްސަލަ ތަހުގީގުކޮށް ބެލުމަކީ އޭނާ ތާއީދު ކުރައްވާ ކަމެކެވެ. އެކަމަކު މިހާރު ފެންނަނީ ރައްޔިތުންގެ މަިޖިލީހުން ކުރަން ނުޖެހޭ ކަންތައްތަކެއް ކުރާތަން ކަމަށްވެސް އޭނާ ވިދާޅުވިއެވެ. ރައްޔިތުންގެ މަޖިލީހަށް މި މައްސަލަ ހުށަހެޅުއްވީ މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފެވެ.

ޝަރީފު ވިދާޅުވި ގޮތުގައި ހިތްހަމަ ނުޖެހޭ ގޮތަކަށް މުއައްސަސާއަކުން ކަމެއް ކުރާ ކޮންމެ ފަހަރަކު އެ މުއްސަސާގެ މީހުން ކަނޑައިލާން މަސައްކަތް ކުރެވޭ ނަމަ މިނިވަން މުއައްސަސާއެއް ނޯންނާނެއެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.