ލޯކަލް ކައިންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިޚާބުގެ ވޯޓުލުން މިއަދު ހެނދުނު 7:00އިން ފެށިގެން ފަށައިފިއެވެ. ބައެއް ވޯޓު މަރުކަޒުތަކުގައި ދިމާވި ކުދިކުދި މައްސަލަތަކާހެދި ވޯޓުލުން ފެށުން ކޮންމެވެސްވަރަކަށް ލަސްވިނަމަވެސް އަމާންކަމާއެކު ވޯޓުލުންވަނީ ފަށާފައެވެ.
ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށަކާއި ރިސޯޓްތަކާއި ސިނާއީ މަސައްކަތްކުރާ ރަށްރަށާއި ދިވެހިން ދިރިއުޅޭ ރާއްޖެއިން ބޭރުގެ ބައެއް ޤައުމުތަކައުގައިވެސް މިއިންތިޚާބުގައި ވޯޓުލުމުގެ އިންތިޒާމުވަނީ ހަމަޖައްސާފައެވެ. ރާއްޖެއިން ބޭރުގައި ވޯޓު ފޮށި ބަހައްޓާފައިވަނީ އިންޑިއާ އާއި ސްރީ ލަންކާގައެވެ.
މި އިންތިޚާބުގައި ލޯކަލް ކައުންސިލްތަކަށް 982 މެންބަރުން، އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމެޓީތަކަށް 930 މެންބަރުން އިންތިހާބު ކުރާން ވަނީ ހަމަޖެހިފައެވެ. އެއީ ޖުމްލަ 1912 މެންބަރުންނެވެ.
މި ފަހަރުގެ ކައުންސިލް އިންތިޚާބުގައި ކެންޑިޑޭޓުން ވާދަކުރާ ޙައިސިއްޔަތާއި ޢަދަދު
އެމްޑީޕީ - 826 ކެންޑިޑޭޓުން
ޕީޕީއެމް - 647 ކެންޑިޑޭޓުން
ޖުމްހޫރީ ޕާޓީ - 115 ކެންޑިޑޭޓުން
އަދާލަތު ޕާޓީ - 28 ކެންޑިޑޭޓުން
އެމްޑީއޭ - 20 ކެންޑިޑޭޓުން
އެމްއާރްއެމް - 15 ކެންޑިޑޭޓުން
އެމްއެލްއެސްޑީޕީ - 4 ކެންޑިޑޭޓުން
ޑީއާރުޕީ - 1 ކެންޑިޑޭޓް
އަމިއްލަ ގޮތުން - 609 ކެންޑިޑޭޓުން
އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމެޓީތަކުގެ އިންތިޚާބު
އެމްޑީޕީ - 650 ކެންޑިޑޭޓުން
ޕީޕީއެމް - 499 ކެންޑިޑޭޓުން
ޖުމްހޫރީ ޕާޓީ - 46 ކެންޑިޑޭޓުން
އަދާލަތު ޕާޓީ - 25 ކެންޑިޑޭޓުން
އެމްޑީއޭ - 19 ކެންޑިޑޭޓުން
އެމްއާރްއެމް - 4 ކެންޑިޑޭޓުން
އަމިއްލަ ގޮތުން - 427 ކެންޑިޑޭޓުން
މިފަހަރުގެ އިންތިޚާބުގެ ވޯޓުލުމާއި އެންމެހައި ކަންކަން ކުރިއަށްގެންދަނީ ކޮވިޑް-19ގެ ޙާލަތާ ގުޅިގެން ޚާއްސަ އިންތިޒާމުތަކެއްގެ ތެރެއިންނެވެ.