
ރާއްޖެއިން އިތުރު 132 މީހުން ކޯވިޑް-19އަށް ޕޮޒިޓިވްވެއްޖެއެވެ.
ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗް.ޕީ.އޭ)ގެ ތަފާސްހިސާބުތައް ދައްކާގޮތުން އިއްޔެގެ 18:00އިން މިއަދުގެ 18:00އަށް ރާއްޖެއިން އަލަށް ޕޮޒިޓިވްވި 132 މީހުންގެ ތެރޭގައި ހިމެނެނީ މާލެ ސަރަޙައްދުން ޕޮޒިޓިވްވި 67 މީހަކާއި އަތޮޅުތަކުގެ ރަށްރަށުން ޕޮޒިޓިވްވި 45 މީހަކާއި ރިސޯޓުތަކުން ޕޮޒިޓިވްވި 19 މީހަކާއި ސިނާޢީ މަސައްކަތްތައް ކުރާ ރަށަކުން ޕޮޒިޓިވްވި މީހެކެވެ.
މިއާއެކު ރާއްޖެއިން ކޯވިޑް-19އަށް ޕޮޒިޓިވްވި މީހުންގެ ޖުމުލަ ޢަދަދު މިވަނީ 24،783 އަށް އަރާފައެވެ. މިވަގުތު ރާއްޖޭގައި ކޯވިޑް-19އަށް ފަރުވާ ހޯދަމުންދަނީ 3،061 މީހުންނެވެ. މިވަގުތު 83 މީހަކަށް ހޮސްޕިޓަލުތަކުގައި އެޑްމިޓްކޮށްގެން ފަރުވާދެމުން އެބަދެއެވެ.
މިރޭ އަލަށް ބަލިން ރަނގަޅުވީ 134 މީހުންނެވެ. މިއާއެކު މިހާތަނަށް ޖުމުލަ 21,646 މީހުންވަނީ ބަލިން ރަނގަޅުވެފައެވެ..
ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި ކޮވިޑް-19އަށް ޓެސްޓްކުރުމަށްޓަކައި ރާއްޖޭގައި 3،049 ސާމްޕަލެއް ވަނީ ނަގާފައެވެ. މިއާއެކު ރާއްޖެއިން މިބަލި ދެނެގަތުމަށް ޖުމްލަ 662,176 ސާމްޕަލްވަނީ ނަގާފައެވެ.
ކޮވިޑް-19ގައި ރާއްޖެއިން ނިޔާވެފައިވަނީ 67 މީހުންނެވެ. އެއީ 59 ދިވެހިންނާއި، 8 ބިދޭސީންނެވެ.