
ލޯކަލް ކައުންސިލް އިންތިޚާބުގައި ވާދަކުރާ ފަރާތްތަކަށް ހަމަހަމަ ފުރުސަތު ނުލިބޭތީ މާވަށު ދާއިރާގެ މެންބަރު މުޙައްމަދު ސަޢީދު ރައްޔިތުންގެ މަޖިލީހަށް ކުއްލި މައްސަލައެއް ހުށަހަޅުއްވައިފިއެވެ. މި ޤަރާރު ހުށަހަޅުއްވަމުން އޭނާ ވިދާޅުވި ގޮތުގައި ކައުންސިލްތަކަށް ކުރިމަތިލާ، ސަރުކާރަށް ތާއީދުކުރާ މެންބަރުން ރަށްރަށަށް ގޮސް ކަރަންޓީނު ވުމަކާ ނުލައި ސިއްރާއި ފާޅުގައި ކެމްޕޭނު ކުރަމުންދާއިރު ސަރުކާރާ އިދިކޮޅު ފަރާތްތަކަށް އެ ފުރުސަތު ނޯންނަ ކަމަށެވެ.
މި ގަރާރު ބަލައިގަންނާން ފެނިވަޑައިގަންނަވާ ކަމަށް ވޯޓު ދެއްވީ ހާޒިވެ ތިއްބެވި 38 މެންބަރުންގެ ތެރެއިން 30 މެންބަރުންނެވެ. ބަލައިގަންނާން ފެނިވަޑައިނުގަންނަވާ ކަމަށް އެއްވެސް މެންބަރަކު ވޯޓެއް ނުދެއްވައެވެ. ވަކި އަތަކަށް ބުރަވެވަޑައިނުގަންނަވާާ ކަމަށް ދެ މެންބަރަކު ވޯޓު ދެއްވިއެވެ.
ކުއްލި މައްސަލައިގައި ވާހަކަފުޅު ދައްކަވަމުން މުޙައްމަދު ސަޢީދު ވިދާޅުވީ އޭނާ މި މައްސަލަ ހުށަހެޅުއްވީ އިއްޔެ ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީއެއްގައި ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތު މައިމޫނާ އަބޫބަކުރު ދެއްކެވި ވާހަކަފުޅު ދައްކަވަމުން ވިދާޅުވި ވާހަކަފުޅަކާ ގުޅިގެންނެވެ. އޭނާ އެޗްޕީއޭ ހިންގަވަނީ ހެލްތު މިނިސްޓަރުގެއިރުޝާދާ އެއްގޮތަށް ކަމަށް މައިމޫނާ ވިދާޅުވީމާ އެއީ ސިޔާސީ ނުފޫޒު މައިމޫނާއަށް އޮތް މިންވަރު ކަމަށް ގަބޫލު ކުރައްވާ ކަމުގައި ސަޢީދު ވިދާޅުވި