
އައްޑު އަތޮޅު މަރަދޫފޭދޫ ގެއެއްގެ ތެރެއިން މަރުވެފައި އޮތް މީހަކު ފެނިއްޖެއެވެ. މި މީހާއަކީ އެ ރަށުގެ މީހަކާ އިނދެގެން އުޅޭ ފޯއްމުލަކު ފިރިހެނެކެވެ. އެއީ ފޯއްމުލަކު ހިތަށްފިނިވާގޭ ޢަލީ އިބްރާހީމެވެ. އުމުރަކީ 40 އަހަރެވެ.
ފުލުހުން ހާމަކޮށްފައިވާ ގޮތުގައި އެ މީހާ މަރުވެފައި އޮއްވާ ފެނިގެން ބަޔަކު ރިޕޯޓު ކުރީ މިއަދުގެ ހެނދުނު 10.14 ގައެވެ.
ޢަލީ އިބްރާހީމްގެ ހަށިގަނޑުގެ ބޭރުފުށުން އެއްވެސް އަނިޔާއެއްގެ ނިޝާނެއް ފެންނާން ނެތް ކަމަށްވެސް އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލާ ހަވާލާދީ ފުލުހުން ވަނީ ބުނެފައެވެ.
ފުލުހުން ގެންދަނީ މި މައްސަލަ ތަހުގީގު ކުރަމުންނެވެ.