
އިލެކްޝަން ކޮމިޝަން (އީސީ)ގެ ނާއިބު ރައީސަކަށް އެކޮމިޝަންގެ މެންބަރު އިސްލާއިލް ހަބީބު އިންތިހާބުކޮށްފިއެވެ.
ހަބީބު ނައިބު ރައީސް ކަމަށް އިންތިހާބު ކޮށްފައިވަނީ އިލެކްޝަން ކޮމިޝަންގެ 623 ވަނަ ބައްދަލުވުމުގައި ނެގުނު ވޯޓުގައި ބައިވެރިވި މެންބަރުންގެ އިއްތިފާގުންނެވެ. ހަބީބަކީ އިލެކްޝަންސް ކޮމިޝަންގައި މަސައްކަތްކުރައްވަމުން ގެންދަވާ އެންމެ ތަޖުރިބާކާެރު އެއް މެންބަރެވެ.
އިލެކްޝަން ކޮމިޝަންގެ ނާއިބު ރައީސް ކަމުގެ މަގާމު ހުސްވެފައިވަނީ އެމަގާމު ކުރިން ހުންނެވި އަހުމަދު އަކުރަމް މަގާމުން އިސްތިއުފާ ދެއްވުމާއި ގުޅިގެންނެވެ. އޭނާ އިސްތިއުފާ ދެއްވައިފައިވަނީ މަޤާމުގައި ހުންނަވައިގެން އެތަނުގެ މުވައްޒަފަކަށް ޖިންސީ ފުރައްސާރަ ކުރި މައްސަލައަކާ ގުޅިގެން އޭނާ މަގާމުން ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމެޓީން ފާސްކޮށްފައި ވަނިކޮށެވެ.