
ކޯވިޑް-19އަށް ޕޮޒިޓިވްވެފައިވާ އިތުރު ދިވެއްސަކު ނިޔާވެއްޖެއެވެ. ނިޔާވެފައިވަނީ ދަރުމަވަންތަ ހޮސްޕިޓަލުގެ އައިސީޔޫގައި ފަރުވާދެމުންދިޔަ ޢުމުރުން 86 އަހަރުގެ ދިވެހި ފިރިހެނެއްކަމަށް މަޢޫލޫމާތުލިބެއެވެ. މިއާއެކު ރާއްޖެއިން މިބަލީގައި ނިޔާވި މީހުންގެ ޢަދަދު މިވަނީ 51 އަށް އަރާފައެވެ. އެއީ 43 ދިވެހިންނާއި 8 ބިދޭސީންނެވެ.
ރާއްޖެއިން އެންމެފަހުން މިބަލީގައި މީހަކު ނިޔާވީ މިމަހުގެ 21ވަނަ ދުވަހުއެވެ. އައިޖީއެމްއެޗުގެ އެމަޖެންސީއަށް ގެންގޮސް ފަރުވާދެމުން ދަނިކޮށް އެދުވަހު ނިޔާވީ ޢުމުރުން 77 އަހަރުގެ ދިވެހި ފިރިހެނެކެވެ.