
ރައްޔިތުންގެ މަޖލީހުގެ ކަމާގުޅުންހުރި މުވައްޒަފުންނަށް ލެޖިސްލޭޓިވް ޑްރާފްޓިންގ އާ ބެހޭ ތަމްރީނު ދިނުމުގެ ބައްދަލުވުމެއް ފަށްޓަވައިފިިއެވެ.
ރައްޔިތުންގެ މަޖިލީހުގެ ޑައިރެކްޓަރ އޮފް މީޑިއާ ހަސަން ޒިޔާއު ވިދާޅުވީ މިބައްދަލު ވުމަކީ ކޮންމެ އަހަރަކުވެސް މަޖިލީސް ފެށުމުގެ ކުރިން މުވައްޒަފުންނަށް ދެމުންދާ ސިލްސިލާ ތަމްރީނު ތަކެއް ކަމަށެވެ. ފަސް ދުވަހަށް ކުރިއަށް ގެންދާ މިބައްދަލުވުމުގައި ރައްޔިތުންގެ މަޖިލީހުގެ ލެޖިސްލޭޓިވް ޑިޕާޓްމަންޓް މުވައްޒަފުންނާއި އެޑިޕާޓްމަންޓާ ގުޅުން ހުރި ޑިޕާޓްމަންޓްތަކުގެ މުވައްޒަފުންވެސް ބައިވެރިވެފައިވާކަމަށް ޒިޔާއު ވިދާޅުވިއެވެ. މަޖިލީހުގެ އިދާއިރާގައި މަސައްކަތް ކުރާ ލެޖިސްލޭޓިވް ނުވަތަ ޤާނޫނީ ދާއިރާގެ މުވައްޒަފުންނަކީ ކަމާގުޅޭ ތަމްރީނު ލިބިފައި ތިބި ސްޓާފުންކަން ޒިއާއު ފާހަގަ ކުރެއްވިއެވެ. ނަމަވެސް ކޮންމެ އަހަރަކުވެސް މަޖިލިސް ފެށުމުގެ ކުރިން ތަމްރީނުތައް ބާއްވަނި މުވައްޒަފުން ތާޒާކުރުމަށް ކަމަށް އޭނާ ވިދާޅުވިއެވެ. މި ބައްދަލުންވުން ކުރިއަށް ގެންދަނި އިންޓަރ-ޕާލަމެންޓަރީ ޔޫނިއަންއާ އިންޓަރ ޕެރޭސް ގުޅިގެންނެވެ. މި ބައްދަލުވުން ފަށްޓަވާދެއްވީ ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އީވާ ޢަބްދުﷲ އެވެ.