
ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރާގައި ބ.އަތޮޅު މާޅޮހަށް ބޯކޮށް ވާރޭވެހި ފެންބޮޑުވުމުގެ ސަބަބުން އެމްއެންޑީއެފުން އެހީތެރިކަން ފޯރުކޮށްދީފިއެވެ.
އެމްއެންޑީއެފުން ވިދާޅުވީ، އެރަށުގެ ބައެއް ސަރަޙައްދުތަކުގައި އާދަޔާ ޚިލާފަށް ބޮޑަށް ފެންބޮޑުވެ ރައްޔިތުންނަށް ދަތިތަކާ ކުރިމަތިވެފައިވާކަމަށެވެ. އެހެންކަމުން އެރަށު ކައުންސިލާއި އެމްއެންޑީއެފް ގުޅިގެން ފެން ހިންދުމުގެ މަސައްކަތް ކުރަމުންދާކަމަށެވެ.
މކިހާރު ރާއްޖެއަށް ކުރަމުންދާ ވިއްސާރަ މިހަފްތާގެ ހުރިހާ ދުވަހުވެސް މުޅި ރާއްޖެއަށް ކުރާނެކަމަށް މެޓް އޮފީހުން ލަފާކުރެއެވެ.