
މިއަހަރަށް ރައްޔިތުންގެ މަޖިލީސް ހުޅުވުމަށް ކަނޑައަޅާފައިވާ ފެބްރުއަރީ މަހުގެ 4ވަނަ ދުވަހު މިއަހަރުވެސް ސަރުކާރު ބަންދުވާނެކަމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ހާމަކުރައްވައިފިއެވެ.
އެއޮފީހުން ވިދާޅުވެފައިވަނީ ރައީސުލްޖުމްހޫރިއްޔާ، ރައްޔިތުންގެ މަޖިލީހަށް ރިޔާސީ ބަޔާން އިއްވަވާ ދުވަހަކީ، ސަރުކާރު ބަންދު ދުވަހެއް ކަމަށް 2019ވަނަ އަހަރުގެ ޖެނުއަރީ މަހުގެ 21ވަނަދުވަހު އެއޮފީހުން ޢާއްމުކުރައްވާފައިވާ ދެންނެވުމުން ހަމަޖައްސަވާފައިވާތީ، ރައްޔިތުންގެ މަޖިލީހަށް މިއަހަރު ރައީސުލްޖުމްހޫރިއްޔާ ރިޔާސީ ބަޔާން އިއްވަވާ ދުވަސްކަމަށްވާ 2021 ފެބުރުވަރީ 4 ވާ ބުރާސްފަތި ދުވަހަކީވެސް ސަރުކާރު ބަންދު ދުވަހެއް ކަމުގައި ރައީސުލްޖުމްހޫރިއްޔާ ކަނޑައަޅުއްވާފައިވާކަމަށެވެ.
ކޮންމެ އަހަރަކުވެސް ރައްޔިތުންގެ މަޖިލިސް އެއަހަރަކަށް ހުޅުވާދުވަހު މަޖިލީހުގައި އޮންނަނީ ރައީސުލްޖުމްހޫރިއްޔާގެ ރިޔާސީ ބަޔާން އިއްވެވުމެވެ. އެއީ ޤާނޫނުއަސާސީގެ 84 ވަނަ މާއްދާއިން ރައީސުލްޖުމްހޫރިއްޔާއާ މަތިކޮށްފައިވާ ދުސްތޫރީ ވާޖިބެކެވެ. ރިޔާސީ ބަޔާނަކީ ޤައުމުގެ ޙާލަތު ބަޔާންކޮށްދެއްވައި، ޤައުމުގެ ޙާލަތު އިތުރަށް ރަނގަޅު ކުރުމަށް ކުރައްވާނެ ކަންކަމުގެ މައްޗަށް އެކުލެވޭ ބަޔާނެކެވެ.