
އޮޅުވެލި ރިސޯޓުގައި އަލިފާނުގެ ޙާދިސާއެއް ހިނގައި ގެއްލުންތަކެއް ވެއްޖެއެވެ.
އެމްއެންޑީއެފުން މަޢުލޫމާތުދެއްވިގޮތުގައި އެރިސޯޓުގެ 4 ކޮޓަރީގެ ބްލޮކެއްގައި ރޯވި އަލިފާނުގެ ސަބަބުން 2 ކޮޓަރިއެއްވަނީ ބޭނުން ނުކުރެވޭވަތަށް އަނދާފައެވެ. މި ޙާދިސާގެ މަޢުލޫމާތު ލިބިގެން އެންއެންޑީއެފުގެ އަލިފާން ނިއްވާ މީހުން ދިޔައިރު، އެރިސޯޓުގެ މުވައްޒަފުންވަނީ އަލިފާންގަނޑު ނިއްވާލާފައެވެ.
މިޙާދިސާގައި އެއްވެސް މީހަކަށް ހާނީއްކައެއް ނުވެއެވެ. މިޙާދިސާގެ ރިޕޯޓު އެންއެމްޑީއެފަށް ލިބުނީ ރޭ މެންދަމު ބާރަގަޑި ފަންސަވީސްހާއިރުކަމަށް އެފަރާތުން ވިދާޅުވެއެވެ.