
ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް އަބޫދާބީގެ ވަލީއަޙްދު ޝައިޚް މުޙައްމަދު ބިން ޒައިދު އަލްނަހްޔާނާ ބައްދަލުކުރައްވައިފިއެވެ.
މިބައްދަލުވުމަކީ ރައީސުލްޖުމްހޫރިއްޔާ މިހާރު ޔޫއޭއީގެ އަބޫދާބީއަށް ކުރައްވަމުންދާ ނުރަސްމީ ދަތުރުފުޅުގެތެރެއިން ބޭއްވެވި ބައްދަލުވުމެއްކަމަށް ޚަބަރު ލިބެއެވެ. މިބައްދަލުކުރެއްވުމުގައި ދެބޭފުޅުންވަނީ ދެޤައުމުގެ ދޭދޭ ގުޅުންތަކާއި ކޮވިޑް-19އާ ގުޅިގެން ދެޤައުމަށް ކުރިމަތިވެފައިވާ ޙާލަތާމެދު މަޝްވަރާކުރައްވާފައިކަމަށް ޚަބަރުލިބެއެވެ. އެގޮތުން އަބޫދާބީ ފަންޑް ފޮރ ޑިވެލޮޕްމަންޓް (އޭޑީއެފްޑީ)އިން ރާއްޖޭގައި ހިންގާ އެކި މަޝްރޫޢުތަކާ ބެހޭގޮތުންވެސް ދެ ބޭފުޅުން މަޝްވަރާ ކުރައްވާފައިވެއެވެ.