
ފަތުރުވެރިކަން ތަރައްޤީކުރުމަށް އާ ހަތަރު ރަށެއް އަންނަނަ އާދިއްތަ ދުވަހު ހުޅުވާލާނެ ކަމަށް މިނިސްްޓްރީ އޮފް ޓޫރިޒަމުން ހާމަކުރައްވައިފިއެވެ.
މިކަން ހާމަކޮށްފައިވަނީ ޓޫރިޒަމް މިނިސްޓްރީން ކުރެއްވި ޓްވީޓެއްގައަވެ. ހޯރަފުށީ އެއަރޕޯޓް ހުޅުވުމުގެ ރަސްމިއްޔާތުގައި ރައީސުލް ޖުމްހޫރިއްޔާ ވިދާޅުވެފައި ވަނީ އަންނަ އަހަރު ކުރީކޮޅު އުތުރުގެ ހަތަރު އަތޮޅުކަމަށްވާ ތިލަދުންމަތީ ދެބުރިއާއި މިލަދުންމަޑުލު ދެބުރީގެ ބައެއް ރަށްތައް ފަތުވެރިކަމަށް ބީލަމަށް ހުޅުވާލައްވާނެކަމަށެވެ.
އެންމެ އަވަހަށް ރިޒޯޓް ތަރައްގީކުރާ ތަންތަނުގެ ތެރޭގައި، ހއ ދިއްދޫގެ ދެކުނުން އޮތް އަލިދުއްފަރުފިނޮޅާއި ހޯރަފުށީގެ އުތުރުން އޮތް މެދަފުށިވެސް ހިމެނޭނެ ކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ. އަދި އަލިދުއްފަރުފިނޮޅާއި މެދަފުށި ރިޒޯޓެއްގެ ގޮތުގައި ތަރައްގީކުރުމަށް ވަރަށް އަވަހަށް ބީލަމަށް ހުޅުވާލެވޭނެކަމަށް މިދިޔަ މަހު ވިހި ވަނަ ދުވަހު ހޯރަފުށީ އެއާޕޯޓު ހުޅުވުމުގެ ރަސްމިއްޔާތުގައި ރައީސް ޞާލިޙް ވިދާޅުވިއެވެ.
ހއ، ހދ، ށ، އަދި ނ. އަތޮޅުގެ ބައެއް ރަށްތައް، ފަތުރުވެރިކަން ތަރައްޤީކުރުމަށް ބީލަމަށް ހުޅުވާލައްވާނީ އަންނަ އަހަރު ކުރީ ކޮޅު ކަމަށް އެރަސް މިއްޔާތު ގައި ވަނީ ވިދާޅުވެފައެވެ. ފަތުރުވެރިކަން ތަރައްޤީކުރުމަށް މިމަހު 27 ވަނަ ދުވަހު ހުޅުވާލަނީ ކޮންރަށްތަކެއްކަމެއް އަދި ހާމައެއް ނުކުރައްވައެެވެ.