"ސަސްޓެއިނަބަލް މޮޑެލް އައިލެންޑް" އެއްގެ ގޮތުމުގައި ތަރައްގީ ކުރުމުގެ ފުރުސަތު ރާއްޖޭގެ ނަމޫނާ ރަށެއްކަމުގައިވާ ދ. އަތޮޅޫ ރިނބުދޫ "ޖުވެލާރސް އައިލެންޑް" އަށް ލިބިއްޖެއެވެ.
އެފުރުސަތު ރިނބިދުއަށް ލިބިގެންދިޔައީ ބައިނަލްއަގުވާމީ ފޯރަމެއްގައި ރިނބުދޫ ކައުންސިލުގެ އަޑު އިއްވާލުމަށް ލިބިގެން ދިޔަ ފުރުސަތާއެކުގައެވެ. މިދިޔަ މަހު 24 ން 27 އަށް ބޭއްވި "ގްރީނިންގ ދި އައިލެންޑްސް" ގެ ހަތްވަނަ ކޮންވެންޝަންގައި ރާއްޖޭގެ ފަރާތުން ބައިވެރިވި ބޭފުޅުންގެ ތެރޭގައި ރިނބުދޫ ކައުންސިލްގެ ރައީސް ހާތިމް އިބްރާހީމް ވެސް ހިމެނިވަޑައިގެންނެވިއެވެ. ވާޗުއަލްކޮށް ބޭއްވި މި ކޮންވެންޝަންގައި ރާއްޖޭގެ ޓޫރިޒަމް މިިނިސްޓަރު ޑރ. ޢަބްދުﷲ މައުސޫމާއި އެންވަޔަރަމަންޓް މިނިސްޓަރު ޑރ. ހުސައިން ރަޝީދު ޙަސަންވެސް ބައިވެރި ވަޑައިގެންނެވިއެވެ.
ރިނބުދޫ ކައުންސިލްގެ ރައީސް ހާތިމް އިބްރާހީމް ވިދާޅުވީ އެ ކޮންވެންޝަންގައި ބައިވެރި ވުމުގެ ފުރުސަތު އެރަށަށް ލިބިގެން ދިޔައީ، މޯލްޑިވްސް އިންޓަގްރޭޓެޑް ޓޫރިޒަމް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެމްއައިޓީޑީސީ) މެދުވެރިކޮށް ކަމަށެވެ. ކައުންސިލް ރައީސް ހާތިމް ވަނީ އެކޮންވެޝަންގައި އެރަށުގައި ލޯކަލް އަދި ކަލްޗަރަލް ޓޫރިޒަމް ދެމެހެއްޓެނިވި ގޮތެއްގައި ތަރައްގީކުރުމުގެ މަސައްކަތް ކުރިއަށް ގެންދެވި ގޮތްތަކާއި އެކަމަށް ހުރި ގޮންޖެހުންތަކާއި އަދި މުސްތަގުބަލަށް ރޭވިފައިވާ ކަންކަން ހިމެނޭ ގޮތުން ޕްރެޒެންޓޭޝަނެއް ހުށަހަޅުއްވައިފައެވެ. އެނގިފައިވާ ގޮތުގައި ބައިނަލްއަގުވާމީ ފޯރަމެއްގައި ރާއްޖޭގެ ރަށެއްގެ ކައުންސިލުން ބައިވެެރިވެ އެރަށުގެ އަޑު އެގޮތަށް އިއްވި މިއީ ފުރަތަމަ ފަހަރެވެ. މިކޮންވެންޝަންގައި ހޯރަފުށީ ކައުސިލުންވެސް ވަނީ ޕްރެޒެންޓޭޝަނެއް ހުށަހަޅުއްވައިފައެވެ.
އެމްއައިޓީޑީސީގެ މެނޭޖިން ޑިރެކްޓަރު މުޙައްމަދު ރާއިދު ވެސް މި ކޮންވެންޝަންގައި ބައިވެރިވަޑައިގެންނެވިއެވެ. ރާއިދު ވިދާޅުވީ ރިނބުދޫ ކައުންސިލްގެ އިތުރުން ވެސް ފަސް ކައުސިލަަށް ކޮންވެންޝަންގައި ބައިވެރިވުމުގެ ފުރުސަތު އެކުންފުނިން ފަހިކޮށްދެއްވި ކަމަށެވެ. ނަމަވެސް އެ ފުރުސަތު ބޭނުން ކޮށްފައިވަނީ ރިނބުދޫ ކައުންސިލާއި ހޯރަފުށީ ކައުސިލުންނެވެ.
ރިނބުދޫ ކައުސިލުން ކުރިއަށް ގެންދާ ނަމޫނާ މަސައްކަތްތައް ބަލައިގަނެ "ސަސްޓެއިނަބަލް މޮޑެލް އައިލެންޑް" އެއްގެ ގޮތުގައި ނުވަތަ ދެމެހެއްޓެނިވި ފަތުވެރިކަމުގެ ނަމޫނާ ރަށެއްގެ ގޮތުގައި އެރަށް ތަރައްގީ ކުރުމުގެ ފުރުސަތު "ގްރީނިންގ ދި އައިލެންޑްސް" އިން ވަނީ ރިނބުދުއަށް ފަހިކޮށްދެއްވައިފައެވެ. "ގްރީނިންގ ދި އައިލެންޑްސް" އިން ރިނބުދޫގެ މަސައްކަތްތައް ބަލައިގަނެ ކުރިއަށް ހުރި މަސައްކަތްތަކަށް ފަންޑު ލިބުމުގެ މަސައްކަތް ވެސް ފަހިވެގެންދާނެކަމަށް އެމްއައިޓީޑީސީގެ އެމްޑީ ވިދާޅިވިއެވެ.
ރިނބުދޫން ވަނީ ސަގާފީ އަދި ކަލްޗަރަލް ޓޫރިޒަމް ތަރައްގީ ކުރުމަށް ގިނަ މަސައްކަތް ތަކެއް ކޮށްފައެވެ. އެގޮތުން ސަގާފީ މަގާއި، ކަލްޗަރަލް ސެންޓަރާއި އާޓް ގެލަރީ ތަރައްގީކުރުމުގެ މަސައްކަތް ވަނީ ފަށްޓަވައިފައެވެ. ސަގާފީ މަގު ތަރައްގީކޮށް ނިމޭއިރު އެމަގުން ފެންނަ ސަގާފީ އަދި ދިވެހިވަންތަ ކުރެހުންތަކުގެ އިތުރުން ދިވެހިންގެ މަސައްކަތްތެރިކަމާއި ދިވެހިވަންތަ ކާބޯތަކެތި ވެސް ލިބެން ހުންނާނެކަމަށް ކައުންސިލް ރައީސް ވިދާޅުވިއެވެ.
ކުރިއަށް ރޭވިފައިވާ މަސައްކަތްތަކުގެ ތެރޭގައި އެރަށުގެ ކަރަންޓު އިއާދަކުރަނިވި ހަކަތައަށް ބަދަލުކުރުން ވެސް ހިމެނެއެވެ. ރަށުގެ ކަރަންޓު އިއާދަކުރަނިވި ހަކަތައަށް ބަދަލުކުރުމަށް ކުރެވޭ މަސައްކަތުގެ ދަށުން އެރަށުގައި މަގުބައްތިތައްވެސް މިހާރުވަނީ އެއްކޮށް ލެޑް ބައްތިތަކަކަށް ބަދަލުކޮށްފައެވެ. އިންޓަގްރޭޓެޑް ޓޫރިޒަމް ތަރައްގީކުރުމާއި ދަތުރު ގޮސް ހެދުމަށް ހާއްސަ ސަރަހައްދެއް ތަރައްގީ ކުރުން ވެސް ހިމެނެއެވެ. އަދި ރަށުގެ ބަނދަރު ސަރަަހައްދު ތަރައްގީ ކުރުމާއި ދިވެހިންގެ ސަގާފީ ކާބޯތަކެތީގެ ކެފޭއެއްގެ ޚިދުމަތް ތަފާތު ގޮތަކަށް ފެށުން ފަދަ އުފެއްދުންތެރި ޚިޔާލުތައް ހުރިކަން ކައުންސިލް ރައީސް ހާތިމްގެ ގެ ވާހަކަފުޅުތަކުން ފާހަގަ ކުރެވުނެވެ.
Thirashah meehun kudahuvadhoo ah badhal koh resort eh tharahqee kuranvee rasheh thee. Migothah huri kudhi aabaadhee thah ehfas kohgen nunee tharahqee eh nukurevey e
މިފުރުޞަތު ރިނބުދޫ ކައުންސިލަށް ހޯދައިދިނީ އެމްއައިޑީސީގެ އެމްޑީ. އެކަމަކު މިކަމަކީ އެމްޑީޕީން ހޯދައިދިން އެއްޗެއްކަމަށް ދައްކަންވެސް ބަޔަކު އެބައުޅޭ. ފުރުޞަތު ހޯދައިދިން މީހާއަށް ޙައްޤު ޝުކުރު އަދާކޮށްބަލަ.
Vakibayehgge anbondibodukurun noonkameheh nukurey saabahey anbondiraees.
Raagareyge anbondi bodukuraathan aharemen balaanan. Misarukaarun Rinbudhu aj ekkameves kohnudheyo. Ekm mihaaru ves bandharuga eboiy raagareyge 2 dhaoni.
dhekken vegen haathimu fathura dhogu vaahaka me. Kerigen mibuny
koyya kee kuru vaahaka kamaku nudhey
Rinbudhoo Council aky raajjey ge ehen rahthaku ge Council ah namoonaa Council eh ???