އަތުލައިގަތް މަސްތުވާތަކެތީގެ އަގު 71 މިލިއަނަށް އަރާ

މިއަދު ފުލުހުން ހިންގި ހާއްސަ އޮޕަރޭޝަންގައި އަތުލައިގަތް 71 ކިލޯގެ މަސްތުވާތަކެތީގެ މަގުމަތީގެ އަގު 71 މިލިއަން ރުފިޔާއަށް އަރާނެކަމަށް ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ޙަމީދު ވިދާޅުވެއްޖެ އެވެ.  

ޕޮލިސް ކޮމިޝަނާ މުޙައްމަދު ޙަމީދު މިރޭ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ފުލުހުން ހިންގި އޮޕަރޭޝަންގައި ކާރެއްގެ ތެރެއިން ހޯދައިފައި ވަނީ 71 ކިލޯގެ ހެރޮއިން ކަމަށެވެ. ފަރީދީމަގުގެ ބޮޑު ސަރަހައްދެއް ބަންދުކޮށް ފުލުހުން މިއަދު ހިންގި އޮޕަރޭޝަނެއްގައި ކާރެއްގެ ޑިކީ ތެރެއިން ދެ ގޯންޏާއި ދެ ލަގޭޖެއްގައި ހުރި 71 ކިލޯގެ ޑްރަގު ވަނީ އަތުލައިގެންފައެވެ. ފުލުހުންގެ އޮޕަރޭޝަންގައި އަތުލައިގަތް މަސްތުވާތަކެއްޗާ ބެހޭ މައުލޫމާތު ސީޕީ ޓުވީޓް ކޮށްފައިވަނި އަތުލައިގަތް މަސްތުވާތަކެތީގެ ތެރެއިން ހަތަރު ޕެކެޓް މަސްތުވާ ތަކެއްޗާއި މަސްތުވާތަކެތި އަތުލައިގަތް ކާރުގެ ފޮޓޯއާ އެކުގައެވެ. ސީޕީގެ ޓުވިޓް ނިންމާލަމުން ވިދާޅުވީ  ޖިނާއީ އަދުލުގެ ނިޒާމުގައި ހުރި ގޮންޖެހުންތަކާ އެކުވެސް، ޑްރަގް ޓްރެފިކް ކުރުން ހުއްޓުވުމަށް ފުލުހުން ހުއްޓުމެއް ނެތި މަސައްކަތް ކުރާނެ ކަމަށެވެ. 

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.