ފެނަކައިގެ ހަރުމުދަލުގެ އަގު ދެބިލިއަނަށްވުރެ މަތީގައި

އެމްޑީ އަހުމަދު ސައީދު މުހައްމަދު

ފެނަކައިގެ ހަރުމުދަލުގެ އަގު ދެބިލިއަން ރުފިޔާއަށްވުރެ މަތި ކަމަށް އެކުންފުނީގެ މެނޭޖިން ޑިރެކްޓަރ އަޙުމަދު ސަޢީދު ވުދާޅުވެއްޖެއެވެ.

އާފަތިސް އޮންލައިންނަށް ދެއްވި ހާއްސަ އިންޓަވިއުއެއްގައި އެމްޑީ ސަޢދު ވިދާޅުވީ އޭނާ ކުންފުނި ހިންގުމާ ހަވާލުވުމަށް ފަހު ކުންފުނީގެ ހަރުމުދާ އަގުމަގު ކޮށް އެހަރު މުދަލުގެ ރަޖިސްޓްރީ ނުވަތަ ދަފުތަރެއް އެކުލަވާލައިފައިވާ ކަމަށެވެ. ކުންފުނީގެ ހަރު މުދަލުގެ އަގު އުޅެނީ ދެ ބިލިއަނަށް ވުރެ މަތީގައި ކަންވެސް އެމްޑީ ފާހަގަކުރެއްވިއެވެ.

ކުންފުނީގެ ހަރުމުދާ އަގުމަގު ކުރުމުގެ ކުރުމުގެ އިތުރުން ފުރަތަމަ ފަހަރަށް ކުންފުނީގެ ފުރިހަމަ އޮޑިޓެއް ކުރެވުމަކީ ވެސް ފާހަގަ ކޮށްލެވޭ މަސައްކަތެއް ކަމަށް އެމްޑީ ފާހަގަކުރެއްވިއެވެ.ފެނަކައިގެ އޮޑީޓް ރިޕޯރޓުން އެނގުނު ގޮތުގައި 2019 ވަނަ އަހަރު ސާފު ފައިދާގެ ގޮތުގައި 35 މިލިޔަން ރުފިޔާ ވަނީ ހޯދައިފައެވެ. މި ފަދަ ފައިދާއެއް ހޯދިފައި ވަނީ ކުންފުނިން ތެލުންކުރަމުން އައި ވައްކަމާއި ކުންފުނިން ތަކެތި ގަތުމުގެ ނަމުގައި ކުރަމުން އައި އިސްރާފު ހުއްޓުމަކަށްގެނެވިފައިވުމުންކަމަށް ފެނަކައިގެ އެމްޑީ ވިދާޅުވިއެވެ. މިސަރުކާރު ހަވާލުވުމުގެ ކުރިން ހަތް އަހަރު ދުވަހުގެ ތެރޭގައި ފައިދާގެ ގޮތުގައި ކުންފުންޏަށް ލިބިފައި ވަނީ 79 މިލިއަން ރުފިޔާކަމަށް އެމްޑީ ފާހަގަ ކުރެއްވިއެވެ.

2018 ވަނަ އަހަރުގެ ޑިސެމްބަރ 18 އިން ފެށިގެން، 49 އާ އިންޖީނުގޭގެ މަސައްކަތް މުޅިން އަލަށް ފަށައި، 20 އިންޖީނުގެ އެއްކޮށް ނިންމައިފައުވާ ކަމަށް ފެނަކައިން ބުނެފައި ވެއެވެ. ކަރަންޓުގެ 77 މެގަވަޓް އިންސްޓޯލްކޮށް، މުޅި ރާއްޖޭގެ ހުރިހާ އިންޖީނުގެއެއް ސިންކްރޮނައިޒް ކުރެވި، ކަރަންޓު ވިއުގަ އަޕްގްރޭޑް ކުރެވިފައުވާ ކަމަށް ވެސް އެކުންފުނިން ނެރެފައިވާ ބަޔާނެއްގައި ވަނީ ބުނެފައެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.