އާމްދަނީ އިތުރުކުރުމަށް އަލަށް ތަޢާރަފް ކުރާ ކަންތައްތަކުގެ ގެއްލުމާއި ފައިދާގެ އެސެސްމެންޓެއް ހެދުމަށް ލަފާ އަރުވައިފި

ދައުލަތުގެ އާމްދަނީ އިތުރުކުރުމަށް އަލަށްހުށަހަޅައިފައިވާ ކަންތައްތަކުގެ ގެއްލުމާއި ފައިދާގެ އެސެސްމެންޓެއް ހެދުމަށް ބަޖެޓް ރިޕޯޓުގައި ލަފާ އަރުވައިފި އެވެ. 

މިއަދު ކުރިއަށް ދާ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއަށް ވަނީ ބަޖެޓް ރިޕޯޓު ހުށަހަޅައިފައެވެ. އެ ރިޕޯޓުގައި ވަރަށް ގިނަ ރެކޮމެންޑޭޝަންތަކެއްވެސް ވަނީ ހުށަހަޅައިފައެވެ.  

އަންނަ އަހަރު ދައުލަތުގެ އާމްދަނީ އިތުރުކުރުމަށް ހުށަހަޅައިފައިވާ ކަންތައްތަކުގެ ތެރޭގައި ހިމެނޭ ދައުލަތުގެ ހިއްކާފައިވާ ބިންތަކުން ކުއްޔަށް ދިނުމާއި އެ ބިންތަކުން ބައެއްް ވިއްކު މާއި މުއާސަލަތީ އިންޓަރނެޓް ގެ ޚިދުމަތް ދިނުމުގެ އިތުރުން އޮޕަރޭޓަރުންނަށް ލައިސަންސް ދިނުމާއި ފްރެކުއެންސީ ސްޕެކްޓްރަމް ޗާޖެއް ނެގުންފަދަ އާމްދަނީ ރާވާފައިވާ ކަންތައްތައް ހިމެނެއެވެ. އެކަންތައްތަކުގެ  ސަބަބުން ކުރިމަގުގައި ދައުލަތުން އުފުލަންޖެހޭނީ ކިހާ ޚަރަދެއް ކަމާއި އަދި މިކަމުން ރައްޔުތުންނަށް އަަންނާނެ އިމްޕެކްޓް އެސެސްމެންޓް އެނަލިސިސްއެއް ހެދިފައި ނުވާތީ މިފަދަ ކަންކަން ތަންފީޒުކުރުމުގައި ކޮސްޓް އެންޑް ބެނިފިޓް އެސެސްމަންޓެއް ހަދައި ދައުލަތަށާއި ރައްޔިތުންނަށް އެންމެ ފައިދާވާނެ ގޮތަށް ކަންކަން ނިންމުމަށް ސަރުކާރަށް ދެންނެވުން ރެކޮމެންޑޭޝަންތަކުގެ ތެރޭގައި ހިމެނެއެވެ.

 

އިތުރު ރެކޮމެންޑޭޝަންތަކުގެ ތެރޭގައި: 

* މާކެޓްގައި ޑޮލަރުގެ އަަގު ހިފެހެއްޓުމަށާއި އެކްސްޗޭންޖް ރޭޓް ހިފެހެއްޓުމަށް ޤާނޫނާއި ޤވާޢިދުތަކުގެ ތެރެއިން އަޅަންޖެހޭ އެންމެހާ ފިޔަވަޅުތައް އެޅުމަށް އެމްއެމްއޭއަށް  ދެންނެވުން . 

* ސަރުކާރުގެ ވަޞީލަތްތައް ބޭނުންކޮށްގެން އެކިއިދާރާ ތަކުން އެއްމަސައްކަތެއް ކުރުަމަކީ ސަރުކާރުގެ ވަޞީލަތްތައް އިސްރާފުވެ ދައުލަތުގެ  ޚަރަދު ބޮޑުވުމަށް މެދުވެރިވާ ސަބަބެއް ކަމަށް ވާތީ، އެއް ބާވަތެއް ގެ ޚިދުމަތްތަކެއް ދޭ އިދާރާތައް އެއްކޮށްލައި ސަރުކާރުގެ  ވަޞީލަތްތަކު އުފެއްދުންތެރިކަން އިތުރުކުރެވޭނެ ގޮތް ހޯދައި ގެންނަންޖެހޭ ބަދަލުތައް ގެނައުމަށް ދެންނެވުން. 

* ދައުލަތުން ޚަރަދު ކޮށްގެން ސަރުކާރު އޮފީސްތަކާއި މިނިވަން މުއައްސަސާތައް ހިނގުމަށް ކުށްޔަށް ހިފާ ޢިމާރާތްތަކުގެ ކުއްޔަށް ދައްކާ ޢަދަދު މާކެޓް ރޭޓަށްވުރެބޮޑު ނުވާނޭހެން ކުއްޔަށް ހިފުމަށާއި އަދި ޢިމާރަތްތައް ކުއްޔަށް ހިފުމުގައި އެ އޮފީހެއްގައި ވަޒީފާ އަދާކުރާ މުވައްޒަފުންގެ ޢަދަދާއި އިިދާރާތަކުން ކުރާ މަސައްކަތަށް ބަލާ ޢިމާރާތުގެ ބޮޑުމިން ކަނޑައެޅުން. އަދި ދިގުރާސްތާގައި ދައުލަތުގެ ބެޖެޓުން ކުއްޔަށް ހޭދަކުރާ މިންވަރު ކުޑަކުރުމަށް ދައުލަތުގެ އިދާރާތަކަށް ބޭނުންވާ ޖާގައިގެ  އަޮފީސް ޢިމާރާތެއް ޤާއިމްކުރުނަށް ލަފާ އެރރުވުންއެޅުން. 

* ދައުލަތުގެ އާމްދަނީން ދަރަނި ސާރވިސް ކުރަން ހޭދަކުރަންޖެހޭ މިންވަރު  2020،  2021  އާމްދަނީގެ ނިސްބަތުން އިތުރުވެފައި ވުމަކީ، އެކަމުގެ ބުރަ ދައުލަތުގެ ބަޖެޓަށް އިތުރުވެފައިވާ ކަމެއްކަމުން. ދައުލަތުގެ ދަރަނި މިހާރު ހުރި މިންގަނޑަށްވުރެ  ޑެޑް ޑިސްޓްރެސް އަށް ދިަުމުގެ ފުރުޞަތު ބޮޑުވެފައިވާތީ، ކަމާގުޅޭ މާލީ އަދި ޤާނޫނީ މާހިރުންގެ ލަފަޔާއި އިރުޝާދާ އެކު ދައުލަތުގެ ދަރަނި ދެއްކުމުގައި ލުއިގޮތްތަކެއް ހަމަޖެއްސުމަށް ދަރަނިި ރިޕްރޮފައިލް ކުރުމުގެ މަސައްކަތްކުރުމަށް  ފިނޭންސް މިނިސްޓަރަށް ދެންނެވުން. 

* ދިވެހި ސަރުކާރުން އެމްއެމްއޭއަށް ދޭން އޮތް ހަ ބިލިއަން ރުފުޔާގެ ބޮންޑުމައްސަލަ ވީހާވެސް އަވަހަކަށް ޙައްލުކުރުމަށް، ޕްލޭނެއް އެކަށައަޅައި އެކަން ހައްލުކުރުމަށް އެޅި ފިޔަވަޅު ތަކުގެ މަޢުލޫމާތު  ރައްޔިތުންގެ މަޖިލީގާ ޙިއްސާކުރުން.

* ރިޒާވް ބޭންކް އޮފް އިންޑިއާ ދެމެދު ވެފައިވާ 400 މިލިއަން އެމެރިކާ ޑޮލަރުގެ ކަރަންސީ ސްވޮޕް ގެ އެއްބަސް ވުމުގެ ދަށުން 2019 ގައި ލިބިފައިވާ  150 މިލިއަން އެމެރިކާ ޑޮލަރު އިންވެސްޓް ކުރެވުނުއިރު، މިއީ  ހިލޭ އެހީގެ ގޮތުގައި ލިބޭނެ ޢަދަދެއްގެ ގޮތުގައި އޭރު މަޢުލޫމާތު ލިބިފައި ވީނަމަވެސް ހިލޭ އެހީގެ ގޮތުގައި ކަށަވަރުވެފައި ނުވާތީ، 150 މިލިއަން ޑޮލަރު އިތުރު ހަމަސް ދުވަހަށް ރޯލްއޯވަރކުރެވި 2021 ވަނަ އަހަރަކީ ސަރުކާރުން މިޢަދަދު ދައްކަން ޖެހޭ އަހަރު ކަމަށްވާތީ، މިފައިސާ އަނބުރާ ދައްކަން ޖެހިއްޖެނަމަ ސަރުކާރަށް  އިތުރު ބުރައަކަށް ވާނެތީ ރިޒާވް ބޭންކް އޮފް އިންޑިއާ އިންޑިއާ ސަރުކާރާ އެކު މަޝްވަރާކޮށް އެދެވޭ ޙައްލެއް ހޯދުމަށް ފިނޭންސް މިނިސްޓަރަށް ދެންނެވުމަށް .

* 2017 ވަނަ އަހަރު ރާއްޖޭން އިޝޫކޮށްފައިވާ 250 މިލިއަން އެމެރިކާ ޑޮލަރުގެ ސޮވެރިން ބޮންޑު 2022 ގައި މެޗްއާ ވާނެތީ އެ ބޮންޑް  ހިމެނޭ ގޮތަށް 2022 ވަނަ އަހަރު ދަރަނި ޚިދުމަތް ކުރުމާއި އަދާކުރުމަށް ބަޖެޓުން ބޮޑު ހޭދައެއް ކުރަންޖެހޭތީ އަދި 2021 ވަނަ އަހަރު އިތުރު ބޮންޑް ބޭރުގެ ފަރާތްތަކަށް ވިއްކުމަށް އަންދާޒާކޮށްފައި ވުމުން ކުރިއަށް އޮޮތްތަނުގައި އަނބުރާ އަދާކުރަންޖެހިފަައވާ ސްކޫކް އަދި ބޮންޑު ފަދަ ތަކެއްޗަށްވާ ފައިސާ އަދާކުރެވޭ މިންވަރަށް ސޮވެރިން ޑިވެލޮޕްމަންޓް ފަންޑަށް ފައިސާ ޖަމާކުރެއްވުމަށް ދަންނަވުން. އަދި  އެފަންޑު މެނޭޖްކުރުމަށް ވީއެންމެ އަވަހަށް ޤާނޫނީ އޮނިގަނޑެއް ތައާރަފްކޮށް އެފަންޑުން ހޭދަކުރާބެ ހަރުދަނާ އުޞޫލުތަކެއް ޤާއިމް ކުރުން، އަދި އެ ފަންޑުން ޚަރަދު ކުރެވޭނެ ޙާލަތްތައް ކަނޑައެޅުމަށް ސަރުކާރަށް ދެންނެވުން. 

* 2021 އަށްއަހަރަށް އާމްދަނީ އިތުރުކުރުމަށް ހުށަހަޅައިފައިވާ ގިނަ ކަންތައްތަކަކީ  ޤާނޫނީ އޮނިގަނޑަށް ބަދަލުގެނެސް ތަންފީޒު ކުރެވެން ހުރި ޢަދަދުތަކެއް ކަމަުން  ޤާނުނުތަކަށް ގެންނަން ޖެހޭ ބަދަލުތައް ގެނައުން އަވަސް ކުރުމަށް ދެންނެވުން. ހިމެނެއެވެ.

* 2021 ވަނަ އަހަރު ބަޖެޓް ގައި ފައިނޭންސިންގެ ގޮތުގައި ރާއްޖޭގެ ފަރާތްތަކުން ޕަރައިވަޓައިޒޭޝަން ރިސިޓް ލިބޭނެކަމަށް އަންދާޒާކޮށްފައިވާއިރު، ޕްރަވަޓައިޒްކޮށްގެން ދިގުރާސްތާގައި މަންފާލިބޭނެ ކަމަށް ބެލެވެނީ އެކުންފުންޏަކުން ލިބޭ ފައިދާ އަށް ބިނާކޮށް ޙިއްސާދާރުންނަށް ލިބޭ ޑިވިޑެންސްގެ ޢަދަދުންކަމުން، މިފަދަ ބަދަލެއް ގެނައުމައި ދިރާސާކޮށް ފީޒިބިލިޓީ ސްޓަޑީއެއް ހެދުމަށްފަހު ރައްޔިތުންގެ މަޖިލީހުގެ ކަމާބެހޭ ކޮމެޓީއަށް ހިއްސާކުރުމަށް ފިނޭންސް މިނިސްޓްރީއަށް ދެންނެވުން. 

* އާސަންދަ ސްކީމްގެ ޚަރަދުތައް ދެމެހެއްޓެނިވި މިންވަރަކަށް ގެނައުމަށާއި މި ސްކީމް ހިންގުމުގައި ބޭކާރުވާ ޚަރަދުތައް ކުޑަކޮށް އެފިސެންސީ އިތުރުކޮށް ރައްޔިތުންނަށް އެންމެ ފުރިހަމަ ނަފާ  ފޯރުކޮށް ދިނުމަށް އެކުލަވައިލައިިފައިވާ، އެކްޝަން ޕްލޭނާ އެއް ގޮތަށް 2021 ވަނަ އަހަރު ތަންފީޒުކުރުމަށް ދެންނެވުން. 

* ސަރުކާރު ކުންފުނުތަކަށް ބަޖެޓުން ކުރާ ހޭދަ ކުޑަކުރުމަށްޓަކައި ކުންފުނިތަކަށް ދެމެހެއްޓެނިވި އާމްދަނީއެއް ނުލިބޭނަމަ ކުންފުނިތައް އުވާލައި އަދި ޚަރަދު ދެކޮޅު ޖެއްސުމަށް ކުންފުނިތައް ރިސްޓްރަކްޗަރ ކުރުމަށް ދެންނެވުން.

* ސަރުކާރުގެ އޮފީސްތަކާއި މިިނިވަން މުައައްސަސާތަކާއި އަދި ދިވެހި ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ އިދާރީ އޮނިގަނޑުތައް ހަރުދަނާކޮށް ހިންގުމުގެ ޤާބިލިއްޔަތުކަން އިތުރުކޮށް ޚަރަދު ކުޑަކުރުމަށް ދެންނެވުން. 

* ކޯވިޑް 19 އާ ގުޅިގެން ދުނިޔޭގެ އިޤްތިޞާދީ ދުވެލި މަޑުޖެހިފައި އޮތުމުގެ ސަބަބުންނާއި ބައިނަލްއަޤްވާމީ ކްރެޑިޓް ރޭޓިންގ އެޖެންސީތަކުން ރާއްޖޭގެ ކްރެޑިޓް ރޭޓިންގ ކުރިއަށްވުރެ ދަށްކޮށްފައިިވުމުން ބޭރުގެ ފަރާތްތަކަށް ސްކޫކު ނުވަތަ ބޮންޑް އިޝޫކުރުމުގައި އަދި ބޭރުގެ މާލީ އިދާރާތަކުން އެންމެ އެދެވޭ ޓާރމްސްގައި ފައިނޭންސިން ހޯދުމަށް ގޮންޖެހުންތަކެއް ކުރިމަތިވާނެކަމުން. ދުރާލައި އެދެވޭ ޓާމްސްގައި ފައިނޭންސިން ހޯދުމަށް މަސައްކަތްކުރުމަށް ލަފާ އެރުވުން. 

* ކުރިއަށް އޮތްތަނުގައި ދައުލަތުގެ ބަޖެޓަށް އާމްދަނީ ހޯދުމަށް އަލަށް ތަޢާރަފް ކުރެވޭ ކަންކަމާ ގުޅޭ ޤާނޫނުތައް، ދައުލަތުގެ ބަޖެޓާއެކު ހުށަހެޅުމަށް ސަރުކާރަށް ދެންނެވުން.  ހިމެނެއެވެ. 

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.