2023 ގެ ރިޔާސީ އިންތިޚާބަށް އެމްޑީޕީން ނުކުންނާނީ ކޯލިޝަނަކުންތޯ ނިންމަން އަދި މާއަވަސް: އެމްޑީޕީ ޗެއަރޕާސަން

2023 ގެ ރިޔާސީ އިންތިޚާބަށް އެމްޑީޕީން ނުކުންނާނީ ކޯލިޝަނަކުންތޯ ނޫންތޯ ނިންމަން އަދި މާއަވަސް ކަމަށް އެޕާޓީގެ ޗެއަރޕާސަން އަދި ހެންވޭރު ހުޅަނގުދާއިރާގެ މެމްބަރ ޙަސަން ލަޠީފް ވިދާޅުވެއްޖެއެވެ.

ދިވެހިރާއްޖޭގެ އަޑުން ރޭ ގެނެސްދިން "އަހާށޭ ބުނާނަން" ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން މެމްބަރ ޙަސަން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި އެމްޑީޕީން ވަކިން ބައިވެރިވަން އުޅުމުން މަޖިލީހުގެ މެޖޯރިޓީ ނުލިބޭނެކަމަށް ބައެއް ބޭބޭފުޅުން ޚިޔާލު ފާޅު ކުރެއްވިކަމަށެވެ. ނަމަވެސް ވަކިން ވާދަކޮށްގެން ވެސް މެޖޯރިޓީ ލިބޭނެކަމަށް ބައެއް ބޭފުޅުން ޚިޔާލު ފާޅުކުރެއްވިކަމަށެވެ. އެމްޑީޕީން ނިންމި ގޮތަށް ވަކީން ވާދަކޮށް މަޖިލީހުގައި ލިބިފައިވާ މެޖޯރިޓީ ކުޑައެއް ނޫންކަން އޭނާ ފާހަގަކުރެއްވިއެވެ. އެހާބޮޑު  މެޖޯރިޓީއެއް އޮތުމުން ބައެއް ފަހަރަށް ދަތިފުޅުވެސް ވާކަމަށް މެމްބަރ ޙަސަން ވިދާޅުވިއެވެ. 2019 ވަނަ އަހަރުގެ 19 ވަނަ ރައްޔިތުންގެ މަޖިލީހުގެ ސްޕަރ މެޖޯރިޓީ ރައްޔިތުން ވަނީ އެމްޑީޕީއަށް ދީފައެވެ.

"އަދި މާއަވަސް އެކަމާ އެއްޗެއް ދަންނަވަން. މިއީ 2020 ވަނަ އަހަރުގެ ނޮވެމްބަރ، އަދި ކުރިއަށް އެބަ އޮތް ދެ އަހަރު މި ދެއަހަރު ކަންކަން ވާގޮތް ވަރަށް މުހިންމު އެމްޑީޕީން ނުކުންނާނީ ކޯލިޝަނަކާއެކީ ގައިތޯ ނުވަތަ ވަކީންތޯ ނިންމުމަށް"  މެމްބަރ ޙަސަން ވިދާޅުވިއެވެ.

ކުރިއަށް އޮތް ލޯކަލްކައުސިލް އިންތިޚާބުގައިވެސް މަޖިލީސް އިންތިޚާބުގައި އެމްޑީޕީހޯދި ފަދަ ކާމިޔާބީއެއް ހޯއްދަވާނެ ކަމަށް އެމްޑީޕީގެ ރައީސް ، ރައީސް ނަޝީދު ވަނީ ވިދާޅުވެފައެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.